Tuesday, 28 July 2026

ބީއެމްއެލްއިން ޔުއާންއާއި ދިރުހަމްއިން މުއާމަލާތް ކުރެވޭ ގޮތް ހަދަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޗައިނާގެ ޔުއާން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދިރުހަމްއިން މުއާމަލާތް ކުރެވޭގޮތް ހެދުމުގެ މަސައްކަތް ކުރަމުން އައްނަ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން އެ ބޭންކުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމްކާ ވިދާޅުވީ ބީއެމްއެލްގެ ކާމިޔާބީއާއިމެދު ފަހުރުވެރިވާކަމަށާއި ފާއިތުވި އަހަރަކީ މިހާތަނަށް އެބޭންކަށް ތާރީހީ ކާމިޔާބީއެއް ލިބިފައިވާ އަހަރެއްކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ އެ ބޭންކުގެ ސާފު ފައިދާ 2.07 ބިލިޔަން ރުފިޔާއަށް އަރާކަމަށާއި މިއީ މިހާތަނަށް ބޭންކުން ހޯދި އެއްމެ މަތީ އަދަދު ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވި ގޮތުގައި މިހާބޮޑު ކާމިޔާބީއެއް ލިބުމުގެ ސަބަބަކީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓް ކުރުމާއި އަދި ލޯނު ޕޯޓްފޯލިއޯ އިތުރު ކުރަން ކުރި މަސައްކަތުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މިދިޔަ އަހަރު ކަސްޓަމަރުން ޑިޕުސިޓު ކުރި އަދަދު 1.6 ބިލލޔަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ.

އޭނާ ބުނީ ވީހާވެސް ފަސޭހައިން ބޭންކުގެ ހިދުމަތްތަށް ރައްޔިތުންނަށް ލިބޭނެގޮތަށް އަދި ބީއެމްއެލްގެ ހިދުމަތް ހޯދުމުގައި ކުރައްވާ ތަޖުރިބާއަކީ ހިދުމަތް ހޯދާ ފަރާތުން ހިތްހަމަޖެހޭނެ ހިދުމަތްތަކަކަށް ހެދުމުގެ މަސައްކަތް ކުރަމުން އައްނަ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *