Monday, 26 October 2026

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި އާންމުންގެ 10 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާގެ ބައެއް ގެތަކަށާއި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި އާންމުންގެ 10 މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ޣައްޒާ ސިޓީގެ މެދުތެރޭގެ ޒަރްކާގައި ހުންނަ އަލް-އައްސީ އާއިލާއަށް ނިސްބަތްވާ ގެއަކަށް ވައިގެ ސިފައިން ދިން މި ހަމަލާގައި އާންމުންގެ ފަސް މީހަކު މަރުވެ، 30 މީހުން ވަނީ ޒަހަމްވެފައެވެ.

މީގެ އިތުރުން ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ކޭމްޕުގެ އުތުރުން އަމާޒުކޮށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި އާންމުންގެ ދެ މީހަކު މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ހަނޫނަށް އަމާޒުކޮށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގެ ސަބަބުން އާންމުންގެ ތެރެއިން ގިނަ ބަޔަކު މަރުވިއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެއެވެ.

ޣައްޒާގެ މެދުގައި އޮންނަ ދީރު އަލް ބަލާހްއަށް ބާރުގަދަ ވައިގެ ހަމަލާތައް ދޭން ފެށީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. ދެކުނުގެ ޚާން ޔުނިސް ސިޓީގެ އެކި ސަރަހައްދުތަކުން 10 މީހެއްގެ ހަށިގަނޑު ސިވިލް ޑިފެންސް އާއި އެމްބިއުލާންސްގެ އެހީތެރިންނަށް ވަނީ ފެނިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *