ތޫބާސްގެ އިރުމަތީގައި އޮންނަ ޓަޔާސިރު އަސްކަރީ ޗެކްޕޮއިންޓުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާން އަންހެނަކު ޝަހީދުކޮށްލައިފިއެވެ.
އެ ސަރަހައްދުގެ މަސްދަރުތަކުން ބުނި ގޮތުގައި ޗެކްޕޮއިންޓުން ދިޔަ ޒުވާން އަންހެނަކަށް ސިފައިން ވަނީ ބަޑިޖަހާފައެެވެ. އޭނާގެ އައިޑެންޓިޓީ އަދި ހާމަކޮށްފައެއް ނުވެއެވެ.
އަދި އެ ހަމަލާގެ ސަބަބުން ޗެކްޕޮއިންޓް ދެފަރާތަށް ބަންދުވެ، ހަލަބޮލިވެފައިވާކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މީގެއިތުރުން ނަބްލޫސްގެ އިރުމަތީގައި އޮންނަ ބަލަޓާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ޒުވާނަކުވެސް ވަނީ ޒަހަމްވެފަ އެވެ.


