Tuesday, 28 July 2026

ޣައްޒާގެ އާންމުންގެ ދެ މީހެއްގެ ގަޔަށް އިސްރާއިލުގެ ސިފައިން ބަޑިޖަހައި މަރާލައިފި

އިސްރާއީލު ސިފައިން ޣައްޒާގައި ހަތިޔާރު ނެތް ފަލަސްތީނުގެ ދެ ފިރިހެނެއްގެ ގަޔަށް ބަޑިޖަހައި މަރާލާ، އެ މީހުންގެ ހަށިތައް އަސްކަރިއްޔާގެ ބުލްޑޯޒަރެއް ބޭނުންކޮށްގެން ވެއްޔާއި ކުނީގެ ތެރޭގައި ވަޅުލާފައިވާކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާއިން އާންމުކޮށްފައިވާ އެކްސްކްލޫސިވް ބްރޯޑްކާސްޓް ފުޓޭޖްތަކުން ފެންނަގޮތުގައި އެމީހުން ތަކުރާރުކޮށް ދެއަތް މައްޗަށް ނަގާ ހުދު ފޮތިގަނޑެއް ހޫރަމުން ދިޔައީ އަތްދިއްކޮށްލީ ނުރައްކަލެއް ނެތްކަން އަންގައިދޭ ނިޝާން ދެއްކުމަށެވެ.

އެ ފުޓޭޖުން ފެންނަ ގޮތުގައި އެކަކު ހުދު ކުލައިގެ ފޮތިގަނޑެއް ހިފައިގެން ސިފައިންގެ ގާތަށް ދާއިރު، އަނެއް މީހާ އެނބުރި އެނބުރިލީ ހުދު ކުލައިގެ ފޭރާމެއް އުފުލާލައިގެންނެވެ.

ފުރަގަސްދީގެން އެނބުރިލި މީހާގެ ފަހަތުން އާމަރޑް ވެހިކަލެއް ދާތަން ފެނެއެވެ. އަދި ސިފައިން އޭނާގެ ގަޔަށް ބަޑިޖަހަމުން ދިޔައިރު އެ ފުޓޭޖުން ފެންނަ ގޮތުގައި އޭނާ ވެލިގަނޑުގެ ތެރެއަށް ވެއްޓުނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބުލްޑޯޒަރެއް ބޭނުންކޮށްގެން ދެ މީހެއްގެ ހަށިގަނޑު ވަޅުލާއިރު އޭގެ ތެރޭގައި ސިފައިންނާ ދިމާލަށް ދިޔަ ފުރަތަމަ މީހާގެ ހަށިގަނޑު ވެސް ހިމެނެ އެވެ.

އަލްޖަޒީރާގެ ނޫސްވެރިޔަކާއި ހަވާލާދީން އެ ނޫހުން ވަނީ އެ މީހުން ތިބީ ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ ނަބުލްސީ ރައުންޑްއަބައުޓް ކައިރީގައި ކަމަށާއި އެމީހުން އެނބުރި ގެއަށް ދާން މަސައްކަތް ކުރަމުން ދިޔައީ ދެވެން އޮތް ހަމައެކަނި މަގު ކަމަށްވާ އަލްރަޝީދު މަގު މަގުން ކަމަށް ބުނެފައެވެ. އިޒްރޭލު ސިފައިންނާ އެމީހުން ކުރިމަތިލީ މި ހިސާބުންނެވެ.

މި ވީޑިއޯ އާންމުވެފައި މިވަނީ ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށް، ވަށާލާފައިވާ އެންކްލޭވްއަށް ގާތްގަނޑަކަށް ހަ މަސް ދުވަސް ވަންދެން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *