Tuesday, 28 July 2026

ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލަން އދ. ގެ ގަރާރެއް ފާސްކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލަން އދ. ގެ ސެކިއުރިޓީ ކައުންސިލުން ގަރާރެއް މިއަދު ފާސްކޮށްފި އެވެ.

މިއީ އދ. ގެ ސެކިއުރިޓީ ކައުންސިލުން ހަމަލާތައް ހުއްޓާލަން ގޮވާލާ ފާސްކުރި ފުރަތަމަ ގަރާރެވެ. މީގެކުރިން ވެސް ސެކިއުރިޓީ ކައުންސިލަށް މިފަދަ ގަރާރުތައް ހުށަހެޅި ނަމަވެސް އެ ގަރާރުތައް ފާސްވެފައި ނުވަނީ އެމެރިކާއިން ވީޓޯ ކުރާތީ އެވެ. އދ. ގެ ސަލާމަތީ ކައުންސިލުން މައްސަލައެއް ފާސްކުރުމަށް ނުވަ ވޯޓާއި ވީޓޯ ކުރުމުގެ ބާރު ލިބޭ އެމެރިކާ، ރަޝިއާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ތާއީދު ބޭނުންވާނެ އެވެ.

ހަމަލާ ބަދަލު ކުރުން ވަގުތުން ހުއްޓާލުމުގެ އިތުރުން ރަހީނުން ދޫކުރުމަށް ވެސް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

މި ގަރާރު އެމެރިކާ އިން ވީޓޯ ނުކުރުމުން އިޒްރޭލުގެ ވަފްދަކުން އެމެރިކާ އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 32،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *