Tuesday, 28 July 2026

އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ ޖަރީމާތަކާ ގުޅިގެން އިތުރު ބަޔަކު ޝަހީދުވެއްޖެ

އިސްރާއީލުން އަންގާރަ ދުވަހު  ޣައްޒާގައި، ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކޮށްލާފައިވާ ކަމަށް އެ ގައުމުގެ ބައެއް މަސްދަރުތަކުންނާއި ހެކިވެރިން ބުނެފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ކުވައިތު ރައުންޑަބައުޓަށް އެއްވެ ތިބި މީހުންގެ ގަޔަށް ސިފައިން ބަޑީގެ ހަމަލާތަކެއް ދީފައި ވަނީ ރިލީފް އެހީގެ އިންތިޒާރުގައި ތިއްބައެވެ. އޭގެ ސަބަބުން ފަލަސްތީނުގެ ހަ މީހަކު ޝަހީދުވެ، އިތުރު 83 މީހަކު ޒަހަމްކޮށްލުމަށް ފަހު އެ ސިޓީގެ އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްއަށް ގެންދެވުނެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އެކަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވި އެވެ.

އެންކްލޭވްގެ ދެކުނުގައި އޮންނަ ރަފާހުގައި އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައި އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް ފެށުނީއްސުރެ ފަލަސްތީނުން މަރުވި މީހުންގެ އަދަދު 31،272 އަށް އަރާފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ޒަހަމްވި މީހުންގެ އަދަދު 73،024 އަށް އަރާފައިވާއިރު، އެތައް ހާސް ބަޔަކު އަދިވެސް ވަނީ ކުނިތަކެއްގެ ދަށުގައި ތާށިވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *