Tuesday, 28 July 2026
ފޮޓޯ: ވަފާ ނިއުސް އެޖެންސީ

އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކުގައި ކުޑަކުއްޖަކާއެކު ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ހިފާފައިވާ ގުދުސްގެ ހުޅަނގު އުތުރުގައި އޮންނަ އަލްޖީބް އަވަށުގެ ކައިރީގައި ރޭ ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ޒުވާނަކާއި 16 އަހަރުގެ ކުޑަ ކުއްޖަކު ޝަހީދުވެ، އިތުރު ތިން ކުއްޖަކު ޒަހަމްވެއްޖެ އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޖަމިއްޔާގެ ޓީމުތަކުން ވަނީ އަލްޖީބް އަވަށުގެ ބޭރުގައި ހުންނަ އިސްރާއީލުގެ އަސްކަރީ ޗެކްޕޮއިންޓުގައި ދެ މީހަކު މަރުވެ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ބުނެފަ އެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އަލްޖީބް އަވަށަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާތަކުގެ ސަބަބުން މަރުވި ދެ މީހަކާއި ބަޑީގެ ޒަހަމްތަކަކާއެކު އިތުރު ތިން މީހަކު ރާމަاللهގައި ހުންނަ ފަލަސްތީނުގެ މެޑިކަލް ކޮމްޕްލެކްސްއަށް ގެނެސްފައިވާ ކަމަށެވެ.

މަރުވި ދެ މީހުންނަކީ އުމުރުން 16 އަހަރުގެ އަބްދުالله މަމޫން އައްސަފާއި އުމުރުން 23 އަހަރުގެ ޒުވާން ޒައިދު ވޯޑް ޚަލައިފެހެވެ.

އިސްރާއީލުން ހިފާފައިވާ ގުދުސްގެ ޝުއާފަތު ރެފިއުޖީ ކޭމްޕްގައި އިޒްރޭލު ސިފައިން ބަޑިޖަހައި މަރާލާފައިވަނީ ރާމީ ހަމްދާން އަލް ހަލްހުލީ ނަމަކަށް ކިޔާ 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *