އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ އަނިޔާވެރި ހަނގުރާމައިގެ ތެރޭގައި ފަލަސްތީނާ އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ސްވިޑެންގެ މަލްމޯ ސިޓީއަށް ނިސްބަތްވާ އެއްބަނޑު އެއްބަފާ ދެބެއިން ވަނީ "ލޯބިވާ ފަލަސްތީނު ކޯލާ" ގެ ނަމުގައި ކާބޯނޭޓެޑް ބުއިމެއް އުފައްދައިފަ އެވެ.
ވީޑިއޯ ކްލިޕަކުން ފެންނަ ގޮތުގައި ސްވިޑެންގެ އެއްބަނޑު އެއްބަފާ އެއްބަނޑު އެއްބަފާ ދެބެއިން ފަލަސްތީނާ އެއްބައިވަންތަކަމުގެ މަންޒަރެއްގައި ގިނަ އަދަދެއްގެ ކާބޯނޭޓެޑް ޑްރިންކް އުފައްދާފައިވެއެވެ.
އިސްރާއީލުގެ ވެރިކަމަށް ތާއީދުކުރި ކުންފުނިތަކާއި ދެކޮޅަށް އަރަބި އަދި އިސްލާމީ ފަރާތްތަކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބޮއިކޮޓް ކެމްޕެއިންތަކުގެ ތެރެއިން ކޮކާކޯލާ ބްރޭންޑްވެސް ވަނީ ބޮއިކޮޓްކޮށްފައެވެ.
ބޮއިކޮޓް ކެމްޕެއިންތަކުގެ ތެރެއިން ކޮކާކޯލާގެ އާ މަރުހަލާއެއް ފެށުނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު މިސްރުގެ ސުޕަ ވޮލީބޯލް ފައިނަލުގައި އަލް އަހްލީއާ ދެކޮޅަށް ކުޅުނު މެޗުގައި މިސްރުގެ ޒަމަލެކް ޓީމުގެ ސަޕޯޓަރުން "ކޮކާކޯލާ" އާ ދެކޮޅަށް އަޑުއުފުލުމުންނެވެ.
މިސްރުގެ ޓީމުގެ ސަޕޯޓަރުން ކޮކާކޯލާއަށް ފާޑުކިޔަމުން ދަނީ އެ ކުންފުނިން އެ ޓީމަށް ސްޕޮންސާޝިޕް އެއްބަސްވުމެއް ހުށަހަޅަން އުޅޭ ކަމަށް ބުނެ ރިޕޯޓްތައް ފެތުރުމުންނެވެ.


