Tuesday, 28 July 2026

އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 13 އަހަރުގެ ކުއްޖަކު މަރާލައިފި

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަމަاللهގެ އުތުރުގައި އޮންނަ ޖަލަޒޯން ރެފިއުޖީ ކޭމްޕް ކައިރީގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޒަހަމްކޮށްލި ފަލަސްތީނުގެ 13 އަހަރުގެ މުހައްމަދު ޚާލިދު ޒައިދު ރޭ ޝަހީދުވެެފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނެފި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަލަޒޮން ރެފިއުޖީ ކޭމްޕް ކައިރީގައި ބަޑިޖެހުމުގެ ސަބަބުން އެ ކުއްޖާގެ ބުރަކަށީގައި ވަރަށް ބޮޑަށް ވަނީ ޒަހަމްވެފައެވެ. ޒަހަމްވި ކުއްޖާ ރާމަالله ޕަބްލިކް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާގެ ކާޑިއޯޕަލްމޮނަރީ ރިސަސިޓޭޝަން ހެދުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެެވެ.

އިޒްރޭލު ސިފައިން އެ ކުއްޖާއާ ދިމާލަށް ބަޑި ޖަހާފައި ވަނީ ބެއިޓް އެލް ކޮލޯނިއަލް އާބާދީއާ ޖެހިގެން އޮންނަ އިސްރާއީލުގެ ސެގްރިގޭޝަން ފާރު ކައިރީގައި އުޅެނިކޮށެވެ. މި ހާދިސާގެ މައުލޫމާތު އަސްކަރިއްޔާއިން ފަލަސްތީނުގެ އެމްބިއުލާންސްގެ ހިދުމަތާ ރިޕޯޓް ކުރީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން ޒައިދު ލޭ އޮހޮރުވާން ބޭއްވުމަށް ފަހުގައެވެ.

ޒައިދުގެ ހާލު ސީރިއަސްވެ ރާމަالله ޕަބްލިކް ހޮސްޕިޓަލަށް ގެންދިޔަފަހުން، ފަހުން ޑޮކްޓަރުން ވަނީ އޭނާ ޝަހީދުވެފައިވާ ކަމަށް ބުނެފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *