ސީރިއާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ މެމްބަރަކާއި އިތުރު ދެ މީހަކު މަރުވެފައިވާކަމަށް އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ އިރްނާއިން ބުނެފި އެވެ.
އިރްނާއިން ބުނީ އައިއާރްޖީސީގެ މެމްބަރެއް ކަމަށްވާ ރިޒާ ޒަރޭއީ މަރާލާފައިވަނީ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ބަނިޔަސްގައި ކުރަމުންދިޔަ ޒަޔަނިސްޓުންގެ ވެރިކަމަށް ބާރުގަދަކުރުމުންނެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް ގެ ހަނގުރާމަ މޮނިޓަރުން ވަނީ ހުކުރު ދުވަހުގެ ހަމަލާގެ ޚަބަރު ކަށަވަރުކޮށްދީފައެވެ.
ސީރިއާގެ މެޑިޓެރޭނިއަން އައްސޭރިފަށުގައި އޮންނަ ބަނިޔަސްގެ މެދުގައި ތިން ބޮމެއް ވަނީ ގޮއްވާލާފަ އެވެ.
ސީރިއާގެ އެތެރޭގެ ވަސީލަތްތަކުގެ ނެޓްވޯކަކަށް ބަރޯސާވާ އިނގިރޭސިވިލާތުގެ އޮބްޒަވޭޓަރީން ބުނީ މި ހަމަލާގައި އިމާރާތެއް ހަލާކުވެ، އޭނާއާ އެކު ތިބި އީރާނުގެ މީހަކާއި ސީރިއާގެ އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށެވެ.
މި ހަމަލާގައި އިތުރު އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ވަކިވަކިން ރިޕޯޓްކޮށްފައިވެ އެވެ.
ހަމަލާއަށް ފަހު އިޒްރޭލުން އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް އެ ގައުމުގެ ވައިގެ ސިފައިން އަންނަނީ ސީރިއާގެ އަމާޒުތަކަށް ތަކުރާރުކޮށް ބޮން އަޅަމުންނެވެ.
ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ ސީރިއާއަށް މިދިޔަ ބުރާސްފަތި ދުވަހު އިސްރާއީލުން ދިން ހަމަލާއެއްގައި ހިޒްބުاللهގެ މެމްބަރަކު މަރާލާފައިވާ ކަމަށް އޮބްޒަވޭޓަރީން ބުނެއެވެ.
އިޒްރޭލުން އެތައް އަހަރެއް ވަންދެން ހަމަލާތައް ދެމުން ގެންދަނީ އީރާނުން ސީރިއާގައި އަސްކަރީ ގޮތުން ހަރަކާތްތެރިވާން ބޭނުން ނުވާތީ ކަމަށް ޚުދުރް ވިދާޅުވި އެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެ ގައުމުގެ ސްޓްރެޓެޖީ ވަނީ ބަދަލުވެފަ އެވެ.
އިޒްރޭލުގެ ނުރައްކާތެރި ހަމަލާތަކާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ސީރިއާގައި އެ މީހުންގެ އިސް އޮފިސަރުން ތިބުން މަޑުޖައްސާލައިފަ އެވެ.


