Monday, 26 October 2026

އިސްރާއީލުން ޣައްޒާގެ މެދުތެރެއަށް ދިން ހަމަލާތަކުގައި އާންމުންގެ 24 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހް ސިޓީއަށް ހުކުރު ދުވަހުގެ ހަވީރު އިސްރާއީލުން ދިން ހަމަލާތަކުގައި އާންމުންގެ 24 މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދީރް އަލް ބަލާހްގެ ބިޝާރާ އަވަށުގައި ހުންނަ އަބޫ ޒީތާރު އާއިލާގެ ގެއަށް ދިން ބޮމުގެ ހަމަލާތަކުގައި ޝަހީދުވި، ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ކުނިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންނަށް އެހީވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި މެދުތެރޭގެ މަޣާޒީ ރެފިއުޖީ ކޭމްޕްގެ އުތުރުގައި އޮންނަ ގެއަކަށް ވެސް ބޮން އެޅުމުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކު ޒަހަމްވި އެވެ.

މީގެ އިތުރުން މެދުތެރޭގެ ސްޓްރިޕްގެ ނުސީރަތު ރެފިއުޖީ ކޭމްޕްގެ ގޮނޑުދޮށުގައި އިސްރާއީލުން ދިން ހަމަލާއެއްގައި އާންމުންގެ ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ބައެއް މީހުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އަދި އޮކިއުޕޭޝަން ފައިޓާ ޖެޓްތަކާއި އާޓިލަރީތަކުން ވަނީ އެ ސަރަހައްދުގެ އުތުރުގައި ވާ ކިރްބަތު އަލް-އަދާސް އަދި ބެއިޓް ހަނޫން ސަރަހައްދުގެ ސަރަހައްދުތަކަށް ވެސް ބޮން އަޅާފަ އެވެ. އިޒްރޭލުގެ ޖެޓްތަކުން ވެސް ވަނީ މެދުތެރޭގެ ސްޓްރިޕްގެ އަލް މުޣުރަކާ އަވަށަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީޕީއެސް) އިން ބުނީ، އިސްތިއުމާރީ ބާރުތަކުން ހަމަލާދިނީ ދެކުނުގެ ސްޓްރިޕްގެ ޚާން ޔުނިސްގައި ހުންނަ އަލް އަމާލް ހޮސްޕިޓަލްގެ ކައިރީގައި ކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލުގެ ފެސިލިޓީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ޕީއާރުސީއެސް އިން ބުނި ގޮތުގައި ފަލަސްތީނު ރެޑް ކްރެސެންޓްގެ އެމްބިއުލާންސް ޓީމުތަކުން ވަނީ އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އާ ގުޅިގެން ނާސިރު ހޮސްޕިޓަލުން ހަތަރު ވަނަ ފަހަރަށް މީހުން ހުސްކުރުމުގެ މިޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން އެމްބިއުލާންސްތަކުގައި ޒަހަމްވި އާންމުންގެ 18 މީހަކު ނެރެފައިވާއިރު، އޭގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އަލަށް އުފަންވި ދެ ކުދިން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ޝަހީދުވި އާންމުންގެ އަދަދު ވަނީ 29،514 އަށް އަރާފައެވެ. މީގެ އިތުރުން 69،616 މީހުން ޒަޚަމްވި އެވެ.

އިސްރާއީލުގެ ވަރުގަދަ ހަމަލާތަކާއި، މުވާސަލާތީ އަދި އިންޓަނެޓްގެ ހިދުމަތް ތަކުރާރުކޮށް މެދުކެނޑުމާއި، ތެޔޮ ނުލިބުމާއި، ހަލާކުވެފައިވާ އުމްރާނީ ވަސީލަތްތަކުގެ ސަބަބުން ޣައްޒާގައި މަރުވާ މީހުންގެ ތަފާސް ހިސާބުތައް ފުރިހަމަކުރުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *