Tuesday, 28 July 2026

ޣައްޒާގެ އަލް އަމާލް ހޮސްޕިޓަލުގެ އެތެރޭގެ ހާލަތު ވަރަށް ގޯސް – ރެޑް ކްރެސެންޓު

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އަލް އަމާލް ހޮސްޕިޓަލް ވަށާލިތާ 28 ދުވަސް ފަހުން އެ ހޮސްޕިޓަލުގެ އެތެރޭގެ ހާލަތު ވަރަށް ގޯސްކަމަށް ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

ޕީއާރުސީއެސް އިން ބުނީ އެ ހޮސްޕިޓަލުގެ ވޯޓާ ޑިސެލިނޭޝަން ޕްލާންޓް މުޅިން ހަލާކުވެފައި ވަނީ ސީދާ އިސްރާއީލުގެ ބާރުގެ ދަށަށް ދިއުމުން ކަމަށެވެ.

އަދި އެ ހޮސްޕިޓަލުގައި މިހާރު ހުރި ރައްކާތެރި ބޯފެނުގެ މިންވަރު ފުދޭނީ އެންމެ ތިން ދުވަހަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ޕީއާރުސީއެސް އިން އިތުރަށް ބުނީ އިޒްރޭލުން ހޮސްޕިޓަލްގެ ވަށައިގެންވާ ސަރަހައްދަށް މިހާރު ވެސް އަމާޒުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލް އިމާރާތަށް މާލީ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން ބަލިމީހުންނާއި އެމީހުންގެ އަހުލުވެރިންގެ މެދުގައި ބިރުވެރިކަން ވަނީ އުފެދިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *