ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން "އައިއޯއެފް" އިން ޣައްޒާގައި ތިބި އާއިލާތަކާ ދެކޮޅަށް ދިން 10 ހަމަލާއެއްގައި، 112 މީހުން ޝަހީދުވެއްޖެ އެވެ.
ޣައްޒާގެ ލޯކަލް ހެލްތު އޮތޯރިޓީން ބުނި ގޮތުގައި މި ހަމަލާތަކުގައި ޣައްޒާގެ 157 މީހުން ވަނީ ޒަހަމްވެފަ އެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތައް ފެށުނު ފަހުން ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު 28،775 އަށް އަރާފައިވާއިރު، އިތުރު 68،552 މީހުން ޒަޚަމްވެފައިވާކަމަށް ސިއްހީ މަސްދަރުތަކުން ބުނެއެވެ.
އަދި ބައެއް މީހުން ކުނިތަކުގެ ދަށުގައި އަދި މަގުމަތިން ވެސް ގެއްލިފައިވާ ކަމަށާއި، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން އެމްބިއުލާންސާއި ރެސްކިއު ޓީމްތައް އެމީހުންނާ ހަމައަށް ދިއުމަށް ހުރަސް އަޅަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އިސްރާއިލުގެ ސިފައިިން ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ވަދެ، ކަރަންޓާއި އޮކްސިޖަން ސަޕްލައި ކަނޑާލުމާ ގުޅިގެން ވެސް ފަސް މީހަކު ވަނީ މަރުވެފަ އެވެ.


