Tuesday, 28 July 2026

ރަފާއަށް އިޒްރޭލުން ހަމަލާދޭން ފެށުމަކީ ބިރުވެރި ކަމެއް – އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ

 

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީއަށް އިސްރާއީލުން ބޮޑެތި އަސްކަރީ ޙަމަލާތައް ދޭން ފެށުމަކީ ބިރުވެރި ޙަމަލާތަކެއްގެ ގޮތުގައި އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ވޮލްކަރ ތުރުކް ސިފަކުރައްވައިފި އެވެ.

ފްރާންސް-ޕްރެސް އެޖެންސީން ތުރުކް އާއި ހަވާލާދީ ޝާއިއުކުރި ބަޔާނެއްގައި ބުނީ ގާތްގަނޑަކަށް 1.5 މިލިއަން އާންމުން ދާނެ ތަނެއް ނެތި އެއްވެފައިވާ ރަފާއަށް ބޮޑެތި އަދަދެއްގެ އަސްކަރީ ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ ބިރުވެރި ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން ރަފާއަށް އަރައިގަތުމުގެ ސަބަބުން އާންމުންގެ ގިނަ އަދަދެއްގެ މީހުން މަރުވުން އެކަށީގެންވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ތުރުކް ވިދާޅުވީ ރަފާހުގައި މިފަދަ ހަމަލާތައް ދިނުމަކީ ޣައްޒާއަށް ވަންނަ އިންސާނީ އެހީތައް ނިމުމަކަށް އަންނާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރު ޖަރީމާތައް ހިންގުމުގެ ބިރު ވެސް އޮންނާނެ ކަމަށް ތުރުކް ވަނީ ވިދާޅުވެފަ އެވެ.

.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *