Tuesday, 28 July 2026
Houthi fighters ride a vehicle carrying the coffin of a slain comrade who was killed in recent US-UK-carried out airstrikes on Houthi sites, during a funeral at the Shaab mosque in Sana'a, Yemen, 14 January 2024. EFE-EPA/YAHYA ARHAB

އެމެރިކާ އިން ދިން ހަމަލާތަކުގައި 17 ހަނގުރާމަވެރިން ވަނީ މަރުވެފަ – ހޫޘީން

އެމެރިކާ އާއި އިނގިރޭސިންގެ ހަމަލާތަކުގައި ހޫޘީ ހަނގުރާމަވެރިންގެ 17 މީހުން މަރުވެފައިވާ ކަމަށް ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތަކުން ހާމަކޮށްފި އެވެ.

ހޫތީންގެ ރަސްމީ މީޑިއާއަކުން ހޮނިހިރު ދުވަހު ބުނެފައި ވަނީ އެމެރިކާ-އިނގިރޭސިން ދިން ހަމަލާގެ ސަބަބުން ޝަހީދުވި ސިފައިންނާއި ސަލާމަތީ ބާރުތަކުގެ އެތައް ޝަހީދުންގެ ހަށިތައް މިއަދު ސަނާ ގެ މަގުތަކުން ގެންދިޔައީ ޖަނާޒާގެ ހިނގާލުމެއްގައި ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން ޔަމަނުގެ ހޫޘީންގެ އަމާޒުތަކަށް ހަމަލާދެމުން ދަނީ ރަތް ކަނޑުގެ އުޅަނދުތަކަށް ދޭ ހަމަލާތައް ހުއްޓާލުމުގެ ގޮތުންނެވެ.

ހުދައިދާގެ ބަނދަރު ހިމެނޭ ގޮތަށް ހަނގުރާމައިގެ ތެރެއަށް ވެއްޓިފައިވާ ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިން ގެންދަނީ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލާ ގުޅުން ހުރި އުޅަނދުތަކެއް ކަމަށް ބުނާ އުޅަނދުތަކަށް އަމާޒުކުރަމުންނެވެ.

އެމެރިކާ އިން ބުރާސްފަތި ދުވަހު ބުނީ އެގައުމުގެ އަސްކަރިއްޔާއިން މިސައިލް ލޯންޗަރުތަކާ ދެކޮޅަށް ގިނަ ހަމަލާތަކެއް ދީފައި މިވަނީ ހޫޘީ ހަނގުރާމަވެރިން ރަތް ކަނޑުގައި ދަތުރުކުރާ ކޮމާޝަލް ޝިޕިންއާއި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކާ ދެކޮޅަށް މިސައިލް ލޯންޗާތައް ފޮނުވާލަން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.

ހަމަލާތަކުގައި މަރުވި ހޫޘީންގެ ޖަނާޒާތައް ބޭއްވުމަށް ސަނާގެ އަލްޝާބް މިސްކިތަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ހޮނިހިރު ދުވަހު ވަނީ އެއްވެފަ އެވެ.

ހިތާމައިގައި ބައިވެރިވި އަބޫ މުއާތާޒް ޣާލިބު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އެމަނިކުފާނާއި އެތަނުގައި ތިއްބެވި އެހެން ބޭފުޅުން ދެމިހުންނެވީ ސާބިތުކަމާއެކު ކަމަށެވެ.

"މި ޝަހީދުން މެދުވެރިކޮށް އަޅުގަނޑުމެންނަށް ދޭ މެސެޖަކީ، އުޞޫލުތަކާއި ޢަޤީދާގެ މައްޗަށް ބިނާވެފައިވާ، ފިޔަވަޅު އަޅަން މަޖުބޫރުކުރި މަޤާމު ދޫކޮށްލުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫންކަން،" އޭނާ ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *