Tuesday, 28 July 2026

ހޫތީންނަށް އަމާޒުކޮށް އިނގިރޭސިވިލާތުން އިތުރު ވައިގެ ހަމަލާތަކެއް ދީފި

އިނގިރޭސިވިލާތާއި އެމެރިކާއިން އަނެއްކާވެސް ޔަމަނުގައި ތިބި ހޫތީންގެ ހަތިޔާރު އުފައްދާ ތަންތަނަށް ހަމަލާދީފިއެވެ.

މި އޮޕަރޭޝަންތަކަކީ ދާދި ފަހުން ރަތް ކަނޑުގައި ޝިޕިންއަށް ދިން ހަމަލާތަކަށް ފަހު މިފަދަ ސިލްސިލާ ހަމަލާތަކެއް ދިނުމަށް ފަހު ހިންގި އޮޕަރޭޝަންތަކެކެވެ.

މިހާރު އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ބުނަނީ އެންޓިޝިޕް ކްރޫޒް މިސައިލް ހިމެނޭ ގޮތަށް 36 ތަނަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

ހޫތީންގެ މީޑިއާއިން ބުނަނީ ވެރިރަށް ސަނާ އާއި ބަނދަރު ސިޓީ އެއް ކަމަށްވާ ހުދައިދާއަށް ގެއްލުން ވެފައިވާ ކަމަށެވެ.

މީގެ ކުރިން ހުކުރު ދުވަހު ވެސް އެމެރިކާއިން ވަނީ އީރާނާ ގުޅުން ހުރި ޖަމާއަތްތަކަށް އަމާޒުކޮށް އިރާގާއި ސީރިއާއަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. އިރާގުގައި މަރުވި 16 މީހުންގެ ތެރޭގައި އާންމުން ވެސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *