Tuesday, 28 July 2026

އިސްރާއީލުން ހޮސްޕިޓަލެއްގެ ތެރޭގައި ފަލަސްތީނުގެ ތިން ފިރިހެނަކަށް މަރުގެ އަދަބު ދިނުން އދ. އިން ކުށްވެރި ކޮށްފި!

އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުން ގާނޫނާ ހިލާފަށް ޝަހީދުކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް މީހުން މެރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން ބުނީ އިސްރާއީލުން ވެސް އެގައުމުގެ އަސްކަރިއްޔާއިން ހިންގާ "ގާނޫނާ ހިލާފަށް ބާރުގެ ބޭނުން ކުރާ ހުރިހާ ކަމަކަށް ޖަވާބުދާރީވާން ޖެހޭ" ކަމަށެވެ.

ހުޅަނގު އައްސޭރީގެ ވެރިރަށް ޖެނިންގައި ހުންނަ އިބްނު ސީނާ ހޮސްޕިޓަލުގެ ތެރޭގައި ދުރާލާ ރޭވިގެން ފަލަސްތީނުގެ ތިން ފިރިހެނަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެން އދ އިން ވަނީ ހަރުކަށި ބަހުން ބަޔާނެއް ނެރެފަ އެވެ.

އދ އިން ބުނި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލުން ދިން ވައިގެ ހަމަލާއަކާ ގުޅިގެން އަންޑަކަވާ އިސްރާއީލުން ސިފައިން، ފަލަސްތީނުގެ "18 އަހަރުގެ ކުއްޖަކު މަރާލީ ހޮސްޕިޓަލުގެ އެނދުގައި އޮށޯވެލައިގެން" އޮއްވާ ކަމަށާއި އެ ކުއްޖާ އަކީ "އެއްފަޅި ވާގިނެތިި" ގެން ފަރުވާ ހޯދަމުން ދިޔަ ކުއްޖެއްކަމަށެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ބަލިމީހާގެ 23 އަހަރުގެ ކޮއްކޮ އާއި 27 އަހަރުގެ ފިރިހެނަކު ވެސް މަރާލައިފަ އެވެ.

އދއިން ނެރުނު ބަޔާނެއްގައި އިސްރާއީލަށް ހަނދާންކޮށްދީފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ހަތިޔާރު ބޭނުން ކުރެވޭނީ ހަރުކަށި ކޮށް ބޭނުންވެއްޖެ ހާލަތެއްގައި ކަމަށާއި ފުރާނައަށް ނުރައްކާވެދާނެ ނަމަ ނުވަތަ ސީރިއަސް އަނިޔާއެއް ލިބިދާނެތީ އެކަން ހުއްޓުވުމަށް ކަމަށެވެ. އެހެން ނޫންނަމަ އެއީ ޣައިރު ޤާނޫނީ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *