Tuesday, 28 July 2026

ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 25،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު 25،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ ހޮސްޕިޓަލްތަކަށް 178 މީހެއްގެ ހަށިގަނޑު ގެނެސްފައިވާއިރު، ޒަޚަމްވި 300 އެއްހާ މީހުންވެސް ޣައްޒާގެ ހޮސްޕިޓަލްތަކަށް ގެނެސްފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ކިދްރާ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލާއި ހަމާސް ހަނގުރާމައިގެ އެންމެ ބޮޑު ޝިކާރައަކަށް ވެފައިވަނީ  އަންހެނުންނާއި ކުޑަކުދިން ކަމަށް އދ. އިން ބުނެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ އދއިން ހިންގާ ހިޔާތަކާއި ޓެންޓް ކޭމްޕްތަކަށް ވަދެފައެވެ. އދ.ގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހަނގުރާމައާއި އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ އެހީގެ ކުޑަ މިންވަރެއް ވެސް ވަންނައިރު، 2.3 މިލިއަން މީހުންގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ބަނޑުހައިހޫނުކަން ވަނީ ކުރިމަތިވެފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެ ސަރަހައްދުގައި ފަލަސްތީނުގެ 25،105 މީހުން ޝަހީދުވެފައިވާ ކަމަށާއި އިތުރު 62،681 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަލްޤިދްރާ ވިދާޅުވީ އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ސިއްހީ އެހީތެރިންނަށް އެމީހުންނާ ހަމައަށް ނުދެވޭއިރު، ސުންނާފަތިވެފައިވާ ސަރަހައްދުތަކުގައި އެތައް ބަޔަކު އަދިވެސް ވަޅުލެވިފައިވާ ކަމަށެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *