Tuesday, 28 July 2026

ރަތް ކަނޑުގެ ނުތަނަވަސްކަން އިތުރުވަމުންދާތީ ސައުދީ އަރަބިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި

އެމެރިކާ ސިފައިންނާއި ހޫތީންނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން އިތުރަށް ހަމަނުޖެހުން އުފެދިދާނެތީ ސައުދީން ވަރަށް ކަންބޮޑުވާ ކަމަށް ސައުދީ އަރަބިއްޔާގެ ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދު ވިދާޅުވެއްޖެ އެވެ.

ޕްރިންސް ބިން ފަރްހާން ވިދާޅުވީ މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި އަރަބި ޤައުމުތައް ތިބީ ވަރަށް އުނދަގޫ އަދި ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.

އެހެންކަމުން އާދީއްތަ ދުވަހު ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ބިން ފަރްހާން ވަނީ އެސްކަލޭޝަން ޑި-އެސްކަލޭޝަން އަށް ގޮވާލައްވާފަ އެވެ.

ބިން ފްރހާން އިތުރަށް ވަނީ  ބޮޑަށް ގަބޫލުކުރަނީ ނެވިގޭޝަންގެ މިނިވަންކަމަށް ކަން ވިދާޅުވެފަ އވެ. އަދި އެއީ ހިމާޔަތް ކުރަން ޖެހޭ ކަމެއް ކަމަށާއި،  އެހެންނަމަވެސް، އެ ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ވެސް ޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ. އެހެންވެ ބޮޑަށް ފޯކަސް ކުރަނީ ވީހާވެސް ބޮޑަށް ހާލަތު ޑީ-އެސްކަލޭޓް ކުރަން ކަމަށް ޕްރިންސް ވިޑާޅުވެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *