އިސްރާއީލުގެ ޖަލުތަކުގައި އަދިވެސް ފަލަސްތީނުގެ 31 ނޫސްވެރިން އެބަތިބިކަމަށް (އާރްއެސްއެފް) އިން ބުނެފި އެވެ.
އަޅުގަނޑުމެން ކުރިންވެސް ދެންނެވިފަދައިން، އިސްރާއީލުން އަންގާރަ ދުވަހު ވަނީ އަލް ޢަރަބީ އަލް ޖަދީދުގެ ނޫސްވެރިޔާ، ދިއާ އަލް ކަހްލޫތު ދޫކޮށްލާފައެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން ބުނި ގޮތުގައި އަލް ކަހްލޫތަކީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހައްޔަރުކުރި ފަލަސްތީނުގެ 32 ނޫސްވެރިންގެ ތެރެއިން މިހާތަނަށް ދޫކޮށްލި ހަމައެކަނި ނޫސްވެރިޔާ އެވެ.

އިޒްރޭލުން ޖަލުގައި ބަންދުކޮށްފައި ބާކީ ތިބި ފަލަސްތީނުގެ 31 ނޫސްވެރިން ހައްޔަރުކޮށްފައި ތިބީއެއްވެސް ދައުވާއަކާ ނުލައި ކަމަށް އާރްއެސްއެފް އިން ބުނެފަ އެވެ.
ޖަލުގައި ތިބި ނޫސްވެރިންނަކީ ވެސް ފަލަސްތީނުގެ މީޑިއާތަކަށް މަސައްކަތް ކުރާ ނުވަތަ ފްރީލާންސަރުން ކަމަށާއި، އެތަނުން އެންމެ ގިނަ ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީން ކަމަށް މީޑިއާގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއިން ބުނެއެވެ.
"ޣައްޒާގައި ހަނގުރާމަ ހިނގަމުންދާއިރު، ނޫސްވެރިން ޝަހީދުކުރުމާއި، ހައްޔަރުކުރުމަކީ ހީވެސް ނުކުރާ ވަރުގެ ރާޅެއް، މީ ފަލަސްތީނުގެ މީޑިއާތައް ހިމޭންކުރުމުގެ މަގްސަދުގައި ވަރަށް ސާފުކޮށް ކުރިއަށް ގެންގޮސްފައިވާ ކަމެއް،" އާރްއެސްއެފް އިން ބުންޏެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް ވަނީ 112 ނޫސްވެރިން ޝަހީދުކޮށްލާފަ އެވެ.


