Tuesday, 28 July 2026

އިސްރާއީލުން އާ އަހަރާއި ދިމާކޮށް ޣައްޒާގެ މެދުތެރެއަށް ބޮން އަޅަން ފަށައިފި

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން 2024 ވަނަ އަހަރު ފެށުމާއި ދިމާކޮށް ޣައްޒާގެ މެދުތެރެއަށް ބޮން އަޅަން ފަށައިފި އެވެ.

ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގެ މެދުތެރޭގެ ރެފިއުޖީ ކޭމްޕަށް ބޮން އެޅީ އިއްޔެގެ ވަގުތެއްގަ އެވެ. އިސްރޭލުން ވަނީ ހުކުރު ދުވަހުގެ ރެއާއި ހޮނިހިރު ދުވަހާ ހަމައަށް ވެސް އެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައެވެ.

ހަމައެއާއެކު އިސްރާއީލުގެ ޓޭންކުތައް ދަނީ ޣައްޒާގެ މެދުތެރެއާއި ދެކުނުގެ ސަރަހައްދަށް ދަތުރުކުރަމުންނެވެ. ޣައްޒާގައި ހަމާސް ޖަމާއަތުން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 165 މީހުން ޝަހީދުވެފައިވާ ކަމަށެވެ. ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ކަމަށް ޔޫއެންއާރްޑަބްލިއުއޭއިން ބުނެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 21،822 މީހުން ޝަހީދުވެ 56،451 މީހުން ވަނީ ޒަޚަމްވެފައެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު ވަނީ 1139 އަށް އަރާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *