ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަނީ ކްލާސްރޫމުގައި ފޮތްތަކުގެ ބަދަލުގައި ޖަމާވެފައިވާ ހަށިތަކެވެ. ފާރުތަކުގައި ބަޑީގެ ވަޒަންތައް އަރާފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އަނެއްބައި މީހުން އަނދައިގެން ދިޔައީ އަލިފާނުގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ.
ޣައްޒާގެ އުތުރުގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ ހުޅަނގުން އދއިން ހިންގާ ޝާދިޔާ އަބޫ ގަޒާލާ ސްކޫލަށް އިސްރާއީލު ސިފައިން ވަތްއިރު އެ އިމާރާތުގައި ގެދޮރު ގެއްލިފައިވާ އެތައް އާއިލާއެއް ދިޔައީ ހިޔާވަހިކަން ހޯދަމުންނެވެ. އޭގެ ފަހުން ޑިސެމްބަރު މަހުގެ ކުރީކޮޅު ހިނގި ހަމަނުޖެހުންތަކާއި، މާރާމާރީގައި މަރުވި މީހުންގެ ހެކިވެރިންނާއި އާއިލާތަކުން ބުނާ ގޮތުގައި، އެއީ ގަތުލުއާންމެކެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުން އެ ނޫހަށް ލިބިފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފެނުނު ހަށިތައް ވަނީ ސްކޫލްތެރޭގައި ފުނިޖެހިފަ އެވެ. އޭގެ ފަހުން އެ ހަމަލާއިން ސަލާމަތްވި މީހުންނާއި، ލޯބިވާ މީހުން ހޯދަން އެނބުރި ސްކޫލަށް ދިޔަ މީހުންގެ އާއިލާގެ މީހުން ވަނީ އެ ވަގުތުތަކުގެ ބިރުވެރިކަން ކިޔައިދީފަ އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިޒްރޭލު ސިފައިން މަރުގެ އަދަބު ދިނުމުގެ ނަމުގައި ވަނީ އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު މަރާލާފައި ވަނީ އެ މީހުން ސްކޫލުތެރޭގައި ހިމާޔަތް ހޯދަމުން ދަނިކޮށެވެ.
ޝަހީދުވި މީހުންގެ ތެރެއިން އެކަކުގެ ބައްޕައަކު ބުނީ އޭނާ ނިދާފައި އޮތީ އޭނާގެ އަންހެނުންނާއި ހަ ދަރިންނާއެކު ކަމަށާއި އިޒްރޭލު ސިފައިން ސްކޫލަށް ވަދެގަތީ
"އެމީހުން އަހަރެމެން ތިބި ކްލާސްރޫމަށް ވަދެ ސީދާ އެތަނުގައި ތިބި މީހުންނާ ދިމާލަށް ބަހެއް ނުބުނެ ބަޑި ޖަހަން ފެށީ" އޭނާ ބުނެފައިވެއެވެ.
"އެމީހުން އަހަރެމެން ވާހަކަ ދެއްކުމާއި، ސުވާލުކުރުމަށް ހުރަސް އެޅި، އެމީހުންނާ ވާހަކަ ދައްކަން އުޅުނު ކޮންމެ ފަހަރަކު އެމީހުން އަހަރެން ހިމޭންކޮށްލީ،" އޭނާ ހަނދާން ކުރަމުން ބުންޏެވެ.
އޭނާ ސްކޫލުން ނުކުންނަން އިޒްރޭލް ސިފައިން އެންގީ އެމީހާއަކީ މުސްކުޅިއަކަށް ވުމުންކަމަށް ވަނީ ލަފާކޮށްފަ އެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ސައީދު ޖުމާގެ ކޮއްކޮ އާއި އޭނާގެ ފިރިމީހާ އާއި ދަރިން ވެސް ހިމެނެ އެވެ.
ޖުމާ ބުނީ އޭގެ ދުވަސްކޮޅެއް ފަހުން އިޒްރޭލު ސިފައިން އެތަނުން ނުކުތުމުން ސްކޫލުގައި ތިބި އޭނާގެ ގާތްތިމާގެ މީހުން ބެލުމަށް އެނބުރި ދިޔަ ކަމަށާއި ނަމަވެސް އެތަނުގައި ތިބި އެންމެންނަށް އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދީފައިވާކަން އެނގުމުން ޝޮކަކަށް ކިޔަކަމަށެވެ.
ކޮޓަރީގައި ކޮއްކޮގެ ފިރިމީހާ ތިބިއިރު ކައިރީގައި ތިބީ އެމީހުންގެ ފިރިހެން ދަރިން ކަމަށްވާ މައިސާރާ އާއި އަހުމަދެވެ. ކޮއްކޮ އޮތީ އޭނާގެ ބާކީ ތިބި 3 ކުދިންގެ ގައިގައި ބައްދާލައިގެން" ޖުމާ ބުންޏެވެ.
އިޒްރޭލު ސިފައިން އެމީހުން މަރާލީ "ޕޮއިންޓް ބްލޭންކްކޮށް ބަޑި ޖަހައިގެން" ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ މީހުންގެ ހަށިތައް ވަނީ ފުފި، ކުނިވެ ފުޅާއަޅާފައިކަމަށް ޖުމާވަނީ ބުނެފަ އެވެ.
ޖުމާ ބުނި ގޮތުގައި އިސްރާއީލު ސިފައިން އޭނާގެ ދައްތަގެ މޫނުގައި "ހިބްރޫ ބަހުން އެއްޗެއް ލިޔެފައި" ހުއްޓެވެ. އަދި އޭގެ މާނަ ނުވިސްނުނު ކަމަށާއި އެމީހުންގެ ހަށިތައް ހަލާކުވެފައިވާތީ ވަޅުލަން އަވަސްވެގަތީކަމަށް އޭނާވަނީ ބުނެފަ އެވެ.
ކްލާސްރޫމްތަކުން ހަށިތައް ފެނުނު އެހެން މީހަކު ބުނީ ކްލާސްރޫމްތަކުގެ ތެރޭގައި މިސައިލް ހަމަލާއެއް ދީފައި ހުރި ހުރިކަމުގެ ނިޝާނެއް ފެނިފައި ނުވާ ކަމަށާއި މަރުވި މީހުންނަށް "ސީދާ ބަޑި ޖެހީ" އެއްގަމު ސިފައިން ކަމަށެވެ.
އެގޮތުން ތަފާތު ތިން ކްލާސްރޫމެއްގެ ތެރެއިން ހަތް މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ. އެއް ކޮޓަރީގައި ހަތަރު މީހުން، ދެވަނަ ކޮޓަރީގައި ދެ މީހުން އަދި ތިން ވަނަ ކޮޓަރީގައި އެކަކު އޮތެވެ.
އަލް ފަޚްއުރާ ސްކޫލަށް ވެސް އިޒްރޭލް ސިފައިން މިދިޔަ މަހު ދިން ހަމަލާއެއްގައި 50 މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަބޫ ހުސައިން ސްކޫލަށް ދިން ވައިގެ ހަމަލާއެއްގައި 30 މީހުން ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުން މެދުނުކެނޑި ދެމުން ގެންދާ ހަމަލާތަކުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި 20،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.


