Tuesday, 28 July 2026
ސައުދީ އަރަބިއްޔާގެ ރައުސް ތަނޫރާ -- ފޮޓޯ: ރޮއިޓާސް

ސައުދީ އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓި 14 މީހުން މަރުވެއްޖެ

ސައުދީ އަރަބިއްޔާގެ ރައުސް ތަނޫރާގައި ސައުދީ އަރަމްކޯ ކުންފުނީގެ ހެލިކޮޕްޓަރެއް ވެއްޓި، އޭގައި ދަތުރުކުރި ހުރިހާ އެންމެން މަރުވެއްޖެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ސައުދީގެ ހަކަތައާ ބެހޭ ވުޒާރާގެ ރަސްމީ މަސްދަރަކާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނި ގޮތުގައި، މި ހާދިސާގައި މަރުވި 14 މީހުންނަކީ ވެސް ސައުދީ އަރަބިއްޔާގެ ރައްޔިތުންނެވެ. މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 6:00 ހާއިރު ކަމަށް ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މިހާރު ތަހުގީގެއް ފަށާފައިވާ އިރު، މަރުވި މީހުންގެ އާއިލާތަކަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތައުޒިޔާ ފޮނުވަމުންނެވެ. ރައުސް ތަނޫރާއަކީ ސައުދީ އަރަމްކޯގެ މުހިންމު ތެޔޮ ސާފުކުރާ ކާރުޚާނާއަކާއި ތެޔޮ ބޭރުކުރާ ޓާމިނަލެއް ހުންނަ ސަރަހައްދެކެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް މެދުކަނޑާލާފައި އޮތުމަށްފަހު، ރައުސް ތަނޫރާ ޓާމިނަލުން ސާފުނުކުރާ ތެޔޮ ބަރުކުރުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު އަލުން ފަށާފައިވަނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *