Tuesday, 28 July 2026
ނުސީރަތު ކޭމްޕް -- ފޮޓޯ: އަލްޖަޒީރާ

ނުސީރާތު ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި ދެމަފިރިންނާއި، އެމީހުންގެ އެއް އަހަރުގެ ދަރިފުޅު ޝަހީދުކޮށްލައިފި

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރާތު ރެފިއުޖީ ކޭމްޕަށް އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ތިން މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި އެއް އަހަރުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.

ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ (ވާފާ) އިން މެޑިކަލް މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޝަހީދުވެފައިވަނީ މުޙައްމަދު އިބްރާހީމް އަބޫ މުލާވޭ (38 އަހަރު)، އޭނާގެ އަނބިމީހާ އާލާ މަޖްދީ ޒަގްލާން (36 އަހަރު) އަދި އެމީހުންގެ އެއް އަހަރުގެ ދަރިފުޅު އުސާމާ އެވެ.

އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ނުސީރާތު ކޭމްޕުގައި ހުރި މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް އަމާޒުކޮށް ދިން މި ހަމަލާގައި އެ އާއިލާގެ ތިން މީހުން ޝަހީދުވުމުގެ އިތުރުން، އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން، އިސްރާއީލުގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރުން ޣައްޒާ ސިޓީގެ އައްސޭރިފަށަށް އަމާޒުކޮށް ބަރު ހަތިޔާރުން ބަޑީގެ ހަމަލާތައް ދެމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އާންމުން ދިރިއުޅޭ ތަންތަނަށް ދޭ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ޝަހީދުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *