Tuesday, 28 July 2026

ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އަންނަ މަހު ބާއްވަނީ

ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އަންނަ ފެބުރުވަރީ މަހު ބޭއްވުމަށް ނިންމައިފިއެވެ. "ޖެނެރޭޓިވް އޭއައި ހެކަތޯން 2026″ ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 6 އިން 8 އަށެވެ. މި ހެކަތޯންގެ މައިގަނޑު މަގުސަދަކީ އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި އުފެއްދުންތެރިންނަށް އޭއައި މެދުވެރިކޮށް އާ އުފެއްދުންތައް ތައާރަފްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު 3 އާއި 5 މެމްބަރުންގެ މެދުގައި ހިމެނޭ ޓީމުތަކަށް މިހާރު ވަނީ ހުޅުވާލައިފައެވެ. ދިރާގުން ބުނި ގޮތުގައި މި ހަރަކާތުގައި ޒުވާން އުފެއްދުންތެރިން 48 ގަޑިއިރުގެ ތެރޭގައި އެ ފަރާތްތަކުގެ ހިޔާލުތައް ޖެނެރޭޓިވް އޭއައި ޓޫލްސްތަކުގެ އެހީގައި ހަގީގީ އުފެއްދުންތަކަށް ބަދަލުކުރާނެއެވެ. އަދި މި މަރުހަލާގައި ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ބައިވެރިންނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިރުޝާދު ލިބިގެންދާނެއެވެ.

އެހެން ހެކަތޯންތަކާ ހިލާފަށް، މި ހަރަކާތް ކުރިއަށްދާނީ "ނޯ ޝިޕިންގ، ނޯ ޕިޗިންގ" އުސޫލުގެ ދަށުން އޯޕަން ކެޓެގަރީ ފޯމެޓަކަށެވެ. މީގެ މާނައަކީ ބައިވެރިން އުފައްދާ ޕްރޮޑަކްޓްތަކަކީ ހަމައެކަނި ކޮންސެޕްޓްތަކެއްގެ ބަދަލުގައި، އާންމުންނަށް ބޭނުންކުރެވޭ ފަދަ ފުރިހަމަ އުފެއްދުންތަކަކަށް ވާންޖެހޭނެއެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދާ މި ހެކަތޯންގެ ކޯ-ޕާޓްނަރަކީ ސިނެޓެކްސްއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *