Tuesday, 28 July 2026
ރޮއިޓާސް

ތައިލެންޑުން ކެމްބޯޑިއާއަށް ވައިގެ ހަމަލާތަކެއް ދީފި 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބެލުމުގެ ދަށުން ދެ މަސް ކުރިން ވެފައިވާ ސުލްހައިގެ އެއްބަސްވުން ނާކާމިޔާބުވުމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި، ދެކުނު އިރުމަތީ އޭޝިޔާގެ ދެ އަވަށްޓެރި ގައުމު ކަމަށްވާ ތައިލެންޑާއި ކެމްބޯޑިއާ ދެމެދު ހަނގުރާމަ ފެށިއްޖެއެވެ. އެގޮތުން ތައިލެންޑުން މިއަދު ވަނީ ކެމްބޯޑިއާއަށް ވައިގެ ހަމަލާތަކެއް ދީފައެވެ.

މި ދެ ގައުމުގެ ބޯޑަރު ސަރަހައްދުން މިއަދު ހެނދުނު ހަމަލާތައް ފެށިކަމަށް ދެ ފަރާތުން ވެސް ވަނީ ތުހުމަތުކޮށްފައެވެ. މީގެ ކުރިން ތައިލެންޑުން ވަނީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން މެދުކަނޑާލާފައެވެ. ތައިލެންޑުގެ ރޯޔަލް އެއާ ފޯސް (އާރްޓީއޭއެފް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ހަމައެކަނި އަސްކަރީ ބިނާތަކަށް ކަމަށާއި، އޭގެ ތެރޭގައި ސީދާ ނުރައްކާ އޮތްކަމަށް ބެލެވޭ ހަތިޔާރު ރައްކާކުރާ ތަންތަނާއި، ކޮމާންޑް ސެންޓަރުތަކާއި، ލޮޖިސްޓިކް މަގުތައް ހިމެނޭ ކަމަށެވެ.

އާރްޓީއޭއެފްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކެމްބޯޑިއާއިން ބަރު ހަތިޔާރުތައް ބޭނުންކޮށް، ހަނގުރާމަވެރި ޔުނިޓްތައް ބަދަލުކޮށް، އަދި ހަމަލާތަކަށް އެހީތެރިވާނެ ތަކެތި ތައްޔާރުކޮށްފައިވާ ކަމަށާއި، މި ހަރަކާތްތަކަކީ އަސްކަރީ އޮޕަރޭޝަންތައް އިތުރުކޮށް، ތައިލެންޑުގެ ބޯޑަރު ސަރަހައްދަށް ބިރުވެރިކަން ކުރިމަތިކުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ތައިލެންޑުގެ މޭޖަރ ޖެނެރަލް ވިންތައި ސުވަރީ ވިދާޅުވީ، ވައިގެ ހަމަލާތައް ދިނީ މިއަދުގެ ހެނދުނު ތައިލެންޑުގެ ސިފައިންގެ މީހަކު މަރާލި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

"އަމާޒަކީ ޗޮންގް އަން މާ ޕާސް ސަރަހައްދުގައި ހުރި ކެމްބޯޑިއާގެ ހަތިޔާރު ސަޕޯޓްކުރާ މަރުކަޒުތައް. ސަބަބަކީ އެ ތަންތަނުން އަންޕޮންގް ބޭސްގައި ހުރި ތައިލެންޑުގެ ފަރާތަށް އާޓިލަރީއާއި މޯޓާ ލޯންޗަރު ބޭނުންކޮށްގެން ހަމަލާދީ، އެކަމުގެ ސަބަބުން އެއް ސިފައިންގެ މީހަކު މަރުވެ ދެ މީހުން ޒަޚަމްވުން" ވިންތައި ވިދާޅުވިއެވެ. ތައިލެންޑުގެ ސިފައިން ބުނި ގޮތުގައި ކެމްބޯޑިއާއިން ތައިލެންޑުގެ ބޯޑަރަށް ހަމަލާދޭން ފެށީ ލޯކަލް ގަޑިން ރޭ ދަންވަރު 3:00 ޖަހާކަށް ހާއިރުއެވެ.

ނަމަވެސް، ކެމްބޯޑިއާގެ ދިފާއީ ވުޒާރާއިން ވަނީ އާރްޓީއޭއެފްގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ވުޒާރާއިން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރީގެ ހުރިހާ އެއްބަސްވުންތަކަށް އިހްތިރާމްކުރުމުގެ ރޫހުގައި އަދި ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ރޫހުގައި، ކެމްބޯޑިއާއިން މި ދެ ހަމަލާގެ ތެރޭގައި ވެސް އެއްވެސް ރައްދެއް ނުދޭ ކަމަށެވެ. އަދި މިހާރުގެ ހާލަތުވެސް ވަރަށް ބޮޑަށް ސަމާލުކަމާއެކު ބަލަމުންދާނެ ކަމަށެވެ. އެހެން ބަޔާނެއްގައި ކެމްބޯޑިއާގެ ސިފައިން ވަނީ ތައިލެންޑުގެ އަސްކަރިއްޔާއިން އެ ޤައުމުގެ ލޯކަލް ގަޑިން ފަތިހު 5:04 ހާއިރު ކެމްބޯޑިއާގެ ސިފައިންނަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

"މި ހަމަލާ ދިނީ ތައިލެންޑުގެ ސިފައިން ގިނަ ދުވަސްތަކެއް ވަންދެން ހިތްހަމަނުޖެހޭ ގޮތަށް އަމަލު ކުރުމަށްފަހު ކަން ފާހަގަކުރެވެއެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

ތައިލެންޑުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ބޯޑަރު ސަރަހައްދުގެ ރަށްތަކުން ތައިލެންޑުގެ %70 އަށް ވުރެ ގިނަ ރައްޔިތުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. މެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *