Tuesday, 28 July 2026

އެވަރެސްޓް ފަރުބަދައިގެ ޓިބެޓް ސަރަހައްދުގައި ހާލުގައި ޖެހުނު 350 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފި

އެވަރެސްޓް ފަރުބަދައިގެ ޓިބެޓް ސަރަހައްދުގައި ކުއްލިއަކަށް ކުރިމަތިވި ބްލިޒާޑްގެ ސަބަބުން ހާލުގައި ޖެހުނު 350 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާކަމަށް ޗައިނާގެ ސަރުކާރު މީޑިއާއިން ބުނެފިއެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދައަށް އަރަން ބޭނުންކުރާ މައިގަނޑު މަގުތަކުގެ ތެރެއިން އެއް މަގު ކަމުގައިވާ ޓިބެޓްގެ ޓިންގްރީ ސަރަހައްދުގައި އާދަޔާ ޚިލާފަށް ބޮޑަށް ވިއްސާރަވެ، ގަދަ ފިނިކަމާއެކު ކުއްލިއަކަށް ވަރަށް ބޮޑަށް ގިނައިން ސްނޯ ފައިބަން ފެށުމުގެ ސަބަބުން 500 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

ސީސީޓީވީން ރިޕޯޓުކުރި ގޮތުގައި އާދީއްތަ ދުވަހު ސަލާމަތްކުރެވުނު މީހުން ގެންގޮސްފައިވަނީ އެވަރެސްޓް ފަރުބަދައިގެ ޓިބެޓް ފަރާތުގައި އޮންނަ ކުޑަ ރަށެއް ކަމަށްވާ ޤުދަންގް އަށެވެ. އަދި އާދީއްތަ ދުވަހާ ހަމައަށްވެސް ނުރައްކާތެރި ހާލަތުގައި ތިބި 200 އެއްހާ ފަތުރުވެރިން، ސަރުކާރުން އިންތިޒާމްކޮށްގެން ފޮނުވާފައިވާ ސަލާމަތްކުރާ ފަރާތްތަކުގެ އެހީގައި މަރުހަލާތަކަކަށް ބަހާލައިގެން ޤުދަންގް އަށް ގެނެވޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

"ފަރުބަދަމަތި ވަރަށް ފިނިވެ، ގަނޑުވެފައި ހުރީ. އަދި ހައިޕޮތާމިއާގެ ނުރައްކާވެސް ވަރަށް ބޮޑު،" 18 މީހުންގެ ޓްރެކިންގް ޓީމެއްގައި ހިމެނޭ ޗެން ގެޝުއަންގް ރޮއިޓަރޒްއަށް ބުނެފައިވެއެވެ.

އަދި މިއަހަރުގެ މޫސުން އާދަޔާ ޚިލާފު ކަމަށާއި އޮކްޓޯބަރު މަހު މިކަހަލަ މޫސުމެއް ކުރިން ދުވަހަކުވެސް ދިމާވެފައި ނުވާ ބުނެފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހިމާލަޔާ ފަރުބަދަތަކުގައި މޫސުން ލަފާކުރަން އުނދަގޫވެ، ކުއްލި ބަދަލުތައް އަންނަމުންދާތީ، އެ ސަރަހައްދުގެ އާންމުންނާއި ފަރުބަދައަށް އަރާ މީހުންނަށް ނުރައްކާތެރި ހާލަތްތައް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *