Tuesday, 28 July 2026

ކަޝްމީރަށް ދިން ހަމަލާ: އިންޑިއާ އިން އިންޑަސް ވޯޓަރ މުއާހަދާ ސަސްޕެންޑްކޮށް، ބޯޑަރު ބަންދުކޮށްފި

ކަޝްމީރުގައި ދިން ނުރައްކާތެރި ހަމަލާއެއްގައި އިންޑިއާގެ 25 ރައްޔިތުންނާއި ނޭޕާލްގެ ފަތުރުވެރިއަކު ހިމެނޭ ގޮތަށް 26 މީހުންގެ ފުރާނަދިއުމުން، އެކަމަށް ރައްދުދީ އިންޑިއާއިން ޑިޕްލޮމެޓިކް އަދި ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

މި ހަމަލާ ދީފައިވަނީއޭޕްރީލް މަހުގެ 23 ވަނަ ދުވަހު ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ޕަހަލްގަމްގައެވެ. ކުރިން ނޭނގޭ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ކަޝްމީރު ރެސިސްޓެންސް އިން ވަނީ ޝިކާރައަކަށް ވެފައިވާ މީހުންނާއި އިންޑިއާގެ ސަލާމަތީ ބާރުތަކާ ގުޅުން އޮތް ކަމަށް ބުނެ ހަމަލާގެ ޒިންމާ އުފުލާފަ އެވެ. މި ހަމަލާ އާޢި ގުޅިގެން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ޝައްކު ކުރަނީ ބޯޑަރު ހުރަސްކޮށް ބައިވެރިވި ކަމަށެވެ. ނަމަވެސް އާންމު އެއްވެސް ހެއްކެއް ލިބިފައެއް ނުވެ އެވެ

މިކަމުގެ ބަދަލެއްގެ ގޮތުން އިންޑިއާއިން ވަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން ޕާކިސްތާނާއެކު ފެން ހިއްސާކުރުމުގެ މުހިންމު އެއްބަސްވުމެއް ކަމަށްވާ 1960 ވަނަ އަހަރު ހެދި އިންޑަސް ވޯޓަރ ޓްރީޓީ ސަސްޕެންޑްކޮށްފައިވަނީ ޕާކިސްތާނުން ބޯޑަރު ހުރަސްކޮށް ޓެރަރިޒަމަށް ތާއީދުކުރުން ހުއްޓާލުމަށް ކަމަށް އިންޑިއާއިން ބުނެފައިވެއެވެ.

މީގެއިތުރުންވެސް އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރެގައި ހިމެނެނީ:

  • ކަޝްމީރުގެ މައި ބިމުގެ ބޯޑަރު ހުރަސްކުރުން ބަންދުކުރުން
  • އިސްލާމްއާބާދުގައި ޑިޕްލޮމެޓިކް މުވައްޒަފުން މަދުކުރުން
  • ހަމަލާދިން މީހުން ހޯދުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ފެށުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިކަމާއި ގުޅިގެން "ކްރަޝިން ރެސްޕޮންސް" ދިނުމަށް ވައުދުވެވަޑައިގެންފައިވާއިރު، ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ ކުށްވެރިންނަށް އެންމެ ހަރުކަށި ނަތީޖާތަކެއް ކުރިމަތިވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *