Tuesday, 28 July 2026
ފޮޓޯ: އަލްޖަޒީޜާ

ޚަރުތޫމުގެ މިސްކިތަކަށް ޕެރަމިލިޓަރީ ބާރުތަކުން ދިން ހަމަލާއެއްގައި 5 މީހުން މަރުވެއްޖެ

ސޫދާނުގެ ވެރިރަށް ޚަރުތޫމުގެ އިރުމަތީ ސަރަހައްދުގައި ހުރި މިސްކިތަކަށް ޕެރަމިލިޓަރީ ބާރުތަކުން ދިން ހަމަލާއެއްގައި މަދުވެގެން 5 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެކަމަށް އެ ގައުމުގެ ޑިމޮކްރަސީއަށް ތާއީދުކުރާ ވަކީލުންގެ ޖަމާޢަތަކުން ބުނެފިއެވެ.

އިމަރޖެންސީ ލޯޔަރސް ނެޓްވާރކުން ބުނި ގޮތުގައި، ހޯމަ ދުވަހުގެ ރޭ އީސްޓް ނައިލް ސަރަހައްދުގައި ހުރި މިސްކިތެއްގައި ތަރާވީހު ނަމާދު ކުރަމުންދަނިކޮށް ރެޕިޑް ސަޕޯޓް ފޯސަސް (އާރު.އެސް.އެފް) އިން މި ހަމަލާ ދީފައިވެއެވެ. މި ނެޓްވާރކުން ވަނީ އާރު.އެސް.އެފް އާއި ސޫދާން އާމްޑް ފޯސަސް (އެސް.އޭ.އެފް) ގެ އަނިޔާވެރި ޢަމަލުތައް ރެކޯޑުކުރަމުން ގެންގޮސްފައެވެ.

މިއީ ހުކުރު ދުވަހު ސަރުކާރުގެ ސިފައިންގެ ބޮޑު ހަމަލާއެއްގައި އާރު.އެސް.އެފްއިން ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރު ހިމެނޭ މައި ޚަރުތޫމު ގެއްލުމަށްފަހު، އާންމު ރައްޔިތުންނަށް ދިން ދެވަނަ ހަމަލާއެވެ. އާދީއްތަ ދުވަހު އާރު.އެސް.އެފްގެ އާޓިލަރީން ޚަރުތޫމުގެ އެއްބައިވަންތަ ސިޓީ އޮމްދުރުމާނަށް ދިން ހަމަލާގައި 3 އާންމު ރައްޔިތުން މަރުވެފައިވާކަމަށް ލޮލަށް ފެނުނު މީހުން ބުނެފައިވެއެވެ. މިއީ ފާއިތުވި މަސްތަކުގައި ދިން އެންމެ ބޮޑެތި ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށް އެފަރާތްތަކުން ސިފަކޮށްފައިވެއެވެ.

ސޫދާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ގައުމުގެ މަރުކަޒީ ބޭންކުގެ މައި މަރުކަޒު އާރު.އެސް.އެފްގެ ކިބައިން އަތުލައިގަނެވިފައިވާ ކަމަށެވެ. އަސްކަރިއްޔާގެ ތަގުރީރުކުރާ ނަބީލް އަބްދުﷲ އޭ.އެފް.ޕީ ނިއުސް އޭޖެންސީއަށް ހޮނިހިރު ދުވަހު ދިން ބަޔާނެއްގައި ބުނެފައިވަނީ "މައި ޚަރުތޫމުގެ އެކި ސަރަހައްދުތަކުން ފިލަން މަސައްކަތްކުރި ސަތޭކަ އެތައް މިލިޝިއާ މެންބަރުންނެއް ނައްތާލެވިފައިވާ" ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *