Tuesday, 28 July 2026

ނިއު ދިއްލީ ރޭލް ސްޓޭޝަނެއްގައި ފިތިގެން 15 މީހުން މަރުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ރޭލްވޭ ސްޓޭޝަނުގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި ތޮއްޖެހި ފިތުމުގެ ހާދިސާއެއްގައި 10 އަންހެނުންނާއި ތިން ކުޑަކުދިންނާއެކު 15 މީހުން މަރުވެފައިވެއްޖެއެވެ.

ހިންދޫއިންގެ ބޮޑު އެއްވުމަކަށް އިންޑިއާގެ ވެރިރަށުގެ އިރުދެކުނުން 624 ކިލޯމީޓަރު ދުރުގައި އޮންނަ ޕްރަޔާގްރާޖް ސިޓީއަށް މީހުން އެއްވެފައި ވަނިކޮށް ދެ ޕްލެޓްފޯމެއްގައި މި ހާދިސާ ހިނގާފައިވަނީ ރޭ 8:30 އެހާކަންހާއިރު އެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އާތިޝީ ވިދާޅުވީ މި ހަމަނުޖެހުންތަކުގައި 15 މީހުން މަރުވެފައިވާ ކަމަށާއި ނަމަވެސް އެ ގައުމުގެ ނިއުސް އައުޓްލެޓް އެންޑީޓީވީއިން މަރުވި މީހުންގެ އަދަދު 18 އަށް އަރާ ކަމަށެވެ. އިންޑިއާގެ ރޭލްވޭ މިނިސްޓަރު އަޝްވިނީ ވައިޝްނަވް ވިދާޅުވީ ކުއްލިއަކަށް ދަތުރުވެރިން އިތުރުވުމާ ގުޅިގެން ހަތަރު ރޭލެއް ހަމަޖައްސާފައިވާ ކަމަށެވެ. މި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

މަންޒަރު ދުށް މީހުން ސިފަކުރި ގޮތުގައި ހަލަބޮލި އަދި ނުރައްކާތެރި މަންޒަރެއްގެ ގޮތުގައެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ރޭލެއް ލަސްވުމުގެ ސަބަބުން ހީވެސް ނުކުރާ ވަރަށް ފަސިންޖަރުން ގިނަވެ، "ކްރައުޑް ސާޖް" އެއް އުފެދުނެވެ. އަދި އަންނަ ރޭލަކަށް އެރުމަށް އިތުރު ބަޔަކު އަވަސްވެގަތުމާއެކު، ހާލަތު ވަރަށް އަވަހަށް ކޮންޓްރޯލުން ނެއްޓިގެން ދިޔައެވެ. ބައެއް ފަސިންޖަރުން ހޭނެތިގެން ގޮސް، ހަމަނުޖެހުން ހިނގި ކަމުގެ އަޑުތައް ފެތުރި، އިތުރު ބިރުވެރިކަމެއް އުފެދުނެވެ.

އިންޑިޔާގެ މިފަދަ ބޮޑެތި ފެސްޓިވަލްތަކުގައި ފިތުމުގެ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *