ފެނަކަ ކޯޕަރޭޝަނުން ހިންގަމުން ދިޔަ 14 އައިސްޕްލާންޓެއް މިފްކޯގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ސަރުކާރުގެ މަސް ކުންފުނިން ބުނީ، ހަވާލުވެފައިވާ އައިސްޕްލާންޓްތަކުގެ ތެރޭގަިއ ހިމެނެނީ ހއ. އިހަވަންދު އާއި ނ. ޅޮއްސާއި ރ. އަލިފުށްޓާއި ބ. ތުޅާދު އާއި ފ. ނިލަންދު އާއި ތ. ހިރިލަންދު އާއި ގއ. ދާންދު އާއި ގއ. ދެއްވަދޫ އާއި ގއ. ގެމަނަފުށްޓާއި ގއ. ކޮލަމާފުށްޓާއި ގދ. ފަރެސްމާތޮޑާ އާއި ގދ. ފިޔޯރީ އަދި ސ. ހިތަދޫގައި ހުންނަ އައިސްޕްލާންޓެވެ.
އައިސްޕްލާންޓުތައް މިފްކޯގެ ބެލުމުގެ ދަށަށް ގެންގޮސް އަލުން ހިދުމަތް ދޭން ފެށުމަށް ޓެކްނިކަލް އަދި އިންޖިނޭރުންގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކުރުމަށް އެ ކުންފުންޏާއި ފެނަކައާ ދެމެދުގައި މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ފެނަކައިން ބުނީ އެކަމުގެ ސަބަބުން މިފްކޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.


