ދިވެހި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 3.5 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިޒްކަލް ޑިވޮލޮޕްމަންޓް"ގެ ރިޕޯޓުން ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ރިކަރަންޓްއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ.
ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ވަނީ ހަދަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 846.6 ބިލިއަން ރުފިޔާ އެވެ. މިއީ 411 މިލިއަން ރުފިޔާގެ ކުޑަވުމެކެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި 28 ދުވަހުން އަނބުރާ ދެއްކުމަށް 925 މިލިއަން ރުފިޔާގެ ޓީ ބިލަކާއި، 98 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 630 ބިލިއަން ރުފިޔާގެ ޓީ ބިލެއް އަދި 182 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 915 މިލިއަން ރުފިޔާގެ ޓީ ބިލެއްގެ އިތުރުން 364 ދުވަހުގެ ތެރޭގައި އަނބުރާ ދެެއްކުމަށް އެއް ބިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކުމަށް ވަނީ އިއުލާންކޮށްފައެވެ.
ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.


