ސާބިއާގެ ބޮޑުވަޒީރު މިލޮޝް ވުސެވިޗް އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ. މިއީ ފާއިތުވި ހަފްތާތަކުގައި ކުރިއަށްދިޔަ ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތަކާ ގުޅިގެން އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން މަޑުޖައްސާލުމަށް އެޅުއްވި ފިޔަވަޅެކެވެ.
މި މުޒާހަރާތައް ފެށުނީ ނޮވެމްބަރު މަހު ނޮވީ ސާދް ސިޓީގެ ސެންޓްރަލް ސްޓޭޝަނުގައި ހިނގި މަރުގެ ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި 15 މީހުން މަރުވެފައިވެއެވެ. އެ ސްޓޭޝަން އަލުން ހުޅުވުނުތާ މަދު މަސްތަކެއްގެ ތެރޭގައި މި ހާދިސާ ހިނގުމާ ގުޅިގެން، އިމާރާތްކުރުމުގެ މަސައްކަތް ރައްކާތެރިކަމާއެކު ކުރެވިފައި ނުވާކަމުގެ ތުހުމަތުތައް އުފެދުނެވެ.
މި ހާދިސާއަކީ ސާބިއާގެ އޮޓޯކްރެޓިކް ވެރިކަމާމެދު ހިތްހަމަނުޖެހުން އޮތްކަން ހާމަވި ނުކުތާއެކެވެ. އަދި ޗައިނާގެ ކުންފުނިތަކާއެކު ކުރިއަށްގެންދާ ބޮޑެތި އިންފްރާސްޓްރަކްޗަޓްރަކްޗަރ މަޝްރޫޢުތަކުގައި ހިނގާ ކޮރަޕްޝަނާ ގުޅޭގޮތުން ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ހާމަކުރުމަށް ގޮވާލުންތައް އިތުރުވެގެން ދިޔައެވެ.
"އަޅުގަނޑުގެ އާދޭހަކީ އެންމެން ވެސް ހަމަޖެހި، މަޝްވަރާގެ މަގަށް އެނބުރުމަށް،" ވުސެވިޗް ވިދާޅުވިއެވެ. އޭނާގެ އިސްތިއުފާ އިޢުލާންކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހެން ވިދާޅުވިއެވެ. އަދި މީގެ ގަޑިއިރުތަކެއް ފަހުން ނޮވީ ސާދްގެ މޭޔަރު ވެސް އިސްތިއުފާ ދެއްވިއެވެ.
މި މުޒާހަރާތައް މިހާރު ވަނީ މުޅި ޤައުމަށް ފެތުރިފައެވެ. ޔުނިވަރސިޓީ ކެމްޕަސްތަކާއި މަގުމަތީގައި މުޒާހަރާތައް ކުރިއަށްދެއެވެ. އަދި ތަފާތު ދާއިރާތަކުގެ ރައްޔިތުން، އޭގެ ތެރޭގައި ފަންނާނުންނާއި، ދަނޑުވެރިންނާއި، ވަކީލުންނާއި ފަނޑިޔާރުން ހިމެނޭގޮތަށް، ދަރިވަރުންގެ ހަރަކާތަށް ތާއީދުކޮށްފައިވެއެވެ. މި ހަރަކާތުން ވަނީ ޤައުމުގެ އެންމެ ބާރުގަދަ ލީޑަރު ކަމުގައިވާ ރައީސް އަލެކްސަންޑަރ ވުސިޗްއަށް ވެސް ނުތަނަވަސްކަން ގެނެސްދީފައެވެ.
ބޮޑުވަޒީރުގެ އިސްތިއުފާއާ ގުޅިގެން ކުރިޔަށް އޮތްތާގައި ޕާލަމެންޓްރީ އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު އެބައޮތެވެ. ނުވަތަ ވުސިޗް އުފައްދަވާފައިވާ ކަނާތްފަރާތުގެ ސާބިއަން ޕްރޮގްރެސިވް ޕާޓީން އައު ސަރުކާރެއް އެކުލަވާލުމަށް މަސައްކަތްކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ބޮޑުވަޒީރު އިސްތިއުފާ ދެއްވބޮޑުވަޒީރު އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވުސިޗް ވިދާޅުވީ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އެދިފައިވާ ވަގުތީ ސަރުކާރެއް އުފެއްދުމުގެ އިޚްތިޔާރު ބަލައިނުގަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ހާލަތުގެ ސަބަބުން ޤައުމުގެ ސިޔާސީ އިސްތިޤްރާރަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް ވެސް ރައީސް އިންޒާރު ދިންޒާރު ދެއްވިއެވެ.


