Tuesday, 28 July 2026
ކަމަލާ ހެރިސް

އެމެރިކާ ރިޔާސީ އިންތިހާބު: އަންކޮމިޓެޑް މޫވްމަންޓަށް ކަމަލާ ނިސްބަތްވާ ޕާޓީން ސިއްރުން ފައިސާ ދިންކަން ހާމަވެއްޖެ

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ އިސްރާއީލާ މެދު އޮތް ސިޔާސަތު ބަދަލުކުރުމަށް މަސައްކަތްކުރާނެކަމަށް ބުނެ އުފެދުނު "އަންކޮމިޓެޑް ނޭޝަނަލް މޫވްމަންޓް" އަށް ހަމަލާ ހެރިސް ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީއާ ގުޅުންހުރި ޖަމްޢިއްޔާއަކުން 400،000 ޑޮލަރަށްވުރެ ގިނަ ފައިސާ ދީފައިވާކަން ހާމަވެއްޖެއެވެ.

މިޑްލް އީސްޓް އައި އިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި ފައިސާ ދިން ޖަމްޢިއްޔާއިން ފައިސާ ލިބޭ ފަރާތްތަކަށް ޝަރުތުކޮށްފައިވަނީ ކަމަލާ ހެރިސް ނޫން އެހެން ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ. މި ހާމަވުމާ ގުޅިގެން އަރަބި-އެމެރިކަން އެކްޓިވިސްޓުންނާއި ކުރިން އަންކޮމިޓެޑް މޫވްމަންޓުގައި ހިމެނުނު އެހެން ފަރާތްތަކުގެ މެދުގައި ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައިވެއެވެ.

އަންކޮމިޓެޑް މޫވްމަންޓުގައި ކުރިން މަސައްކަތްކުރި ފަރާތްތަކުން ބުނާ ގޮތުގައި، މި ހޯދުންތަކުން ދައްކުވައިދެނީ ޑިމޮކްރެޓިކް ޕާޓީއާ ގުޅުން ހުރި ބަޔަކު، ޕާޓީ ޒިންމާދާރުކުރުވުމުގެ ބަދަލުގައި ހަމައެކަނި ޕާޓީ ސަލާމަތްކުރުމަށް މަސައްކަތްކުރި ކަމާއި، އެމީހުން މަކަރު ހެދި ކަމެވެ. މި މައްސަލައާ ގުޅިގެން "އަންކޮމިޓެޑް ގްރާސްރޫޓްސް" ގެ ނަމުގައި އައު ގްރޫޕެއް އުފައްދާފައިވާކަންވެސް ފާހަގަކުރެވެއެވެ.

މި މައްސަލައާ ގުޅޭގޮތުން އަންކޮމިޓެޑް ނޭޝަނަލް މޫވްމަންޓުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *