Tuesday, 28 July 2026
ވޯލްޑް ބޭންކް

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ކަންބޮޑުވާ ހިސާބުގައި: ވޯލްޑް ބޭންކުން އަވަސް އިސްލާހުތަކަށް ގޮވާލައިފި

ވޯލްޑް ބޭންކުން އިއްޔެ ނެރުނު ރިޕޯޓެއްގައި ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އަވަސް އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފިއެވެ.

"ސީކިންގ ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓައިމްސް" ގެ ނަމުގައި ނެރުނު މި ރިޕޯޓުގައި، ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ ނަމަވެސް، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރގައި އިގްތިސާދު 7.7% އަދި 4.5% އިން ކުރިއަރާފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާވެސް 8.5% އިން ކުރިއަރާފައިވެއެވެ. ނަމަވެސް، ކާބޯތަކެތީގެ އަގުތައް 6.7% އިން މައްޗަށް ގޮސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވަމުންދާތީއެވެ. 2023 ވަނަ އަހަރު ނިމުނުއިރު 590.5 މިލިއަން ޑޮލަރުގައި ހުރި ރިޒާވް، 2024 ގެ އޮގަސްޓް މަހާ ހަމައަށް އައިއިރު 443.9 މިލިއަން ޑޮލަރަށް ދަށްވެފައިވާކަމަށް ބުނެފައިވެއެވެ. މިއީ އެންމެ 1.5 މަސްދުވަހުގެ ހަރަދުތައް ކަވަރުކުރެވޭ މިންވަރެވެ.

އާންމު ދަރަނި އިތުރުވަމުންދާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޖުމްލަ އާންމު ދަރަނި ޖީޑީޕީގެ ނިސްބަތުން 116.5% އަށް އަރާފައިވާކަމަށް ބުނެފައިވެއެވެ.

މި ހާާލަތު ރަނގަޅުކުރުމަށްޓަކައި ވޯލްޑް ބޭންކުން ވަނީ އަވަސް އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. މީގެ ތެރޭގައި އާންމު އިންވެސްޓްމަންޓްތައް މަދުކުރުމާއި، ސަބްސިޑީތައް މަރުހަލާތަކަކަށް ބަހާލައިގެން އުވާލުމާއި، ސިއްހީ ހަރަދުތައް ރަނގަޅުކުރުމާއި، ދައުލަތުގެ ވިޔަފާރިތައް (އެސްއޯއީ) އިސްލާހުކުރުން ހިމެނެއެވެ.

ސަރުކާރުން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުށަހެޅި ފިސްކަލް ރިފޯމް ޕްލޭން ތަންފީޒުކުރުމުގައި ލިބިފައިވަނީ ވަރަށް ކުޑަ ކުރިއެރުމެއްކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ހާލަތުގައި، އިތުރ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *