Tuesday, 28 July 2026

މެޓާގެ އިސްރާއީލް ޕޮލިސީ ވެރިޔާ ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓް ނައްތާލަން މަސައްކަތްކުރިކަން ހާމަވެއްޖެ

މެޓާގެ އިސްރާއީލް އަދި ޖޫދީ ޑަޔަސްޕޯރާ ޕޮލިސީ ވެރިޔާ ޖޯޑަނާ ކަޓްލަރ، ފަލަސްތީނަށް ތާއީދުކުރާ ގްރޫޕްތަކުގެ އިންސްޓަގްރާމް ޕޯސްޓްތައް ނައްތާލުމަށް މަސައްކަތްކޮށްފައިވާކަމަށް "ދަ އިންޓަސެޕްޓް" އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

ކުރީގެ އިސްރާއީލް ސަރުކާރު އޮފިޝަލެއް ކަމަށްވާ ކަޓްލަރ ވަނީ "ސްޓޫޑެންޓްސް ފޯ ޖަސްޓިސް އިން ޕެލެސްޓައިން" (އެސްޖޭޕީ) އާއި "ޖޫވިޝް ވޮއިސް ފޯ ޕީސް" ފަދަ ގްރޫޕްތަކުގެ ޕޯސްޓްތައް މެޓާގެ ކޮންޓެންޓް އެސްކަލޭޝަން ޗެނަލްތަކުގައި ފާހަގަކޮށްފައެވެ. މީގެ އިތުރުން އިސްރާއީލްގެ ބޭރު ސިޔާސަތުތަކާ ދެކޮޅަށް ހުރި އެހެން ޕޯސްޓްތަކެއްވެސް ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކަޓްލަރ ވަނީ ފަލަސްތީނުގެ މުޤާވަމަތުގެ ނިޝާނަކަށް ވެފައިވާ ލައިލާ ޚާލިދްއާ ބެހޭ ޕޯސްޓެއް ނައްތާލުމަށާއި، ޣައްޒާގެ ފަލަސްތީނުން އީރާނުގެ މިސައިލް ހަމަލާއަކަށް އުފާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ނައްތާލުމަށް މެޓާއަށް ގޮވާލާފައެވެ.

މި މައްސަލައާާ ގުޅޭގޮތުން މެޓާއިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް މި ކަމަކީ ސޯޝަލް މީޑިއާގައި ކޮންޓެންޓް މޮޑަރޭޓްކުރުމުގެ ދާއިރާގައި ހުރި ބޮޑެތި ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމެއްކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *