Wednesday, 29 July 2026
ބޭންކް އޮފް މޯލްޑިވްސް

ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓު 1200 އަށް ބޮޑުކުރަން ނިންމައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް 1200 ޑޮލަރަށް ބޮޑުކޮށްފި އެވެ.

އެ ބޭންކުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑެބިޓް ކާޑު ލިމިޓް އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 1،200 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެ ނިންމުން ނިންމި ނަމަވެސް މިހާރުވެސް ބޭރު ފައިސާ ހޯދުމުގައި ދަތިތައް އުޅޭ ކަމަށެވެ. އެހެންނަމަވެސް މި ނިންމުން ނިންމާފައި ވަނީ ބޭރުގައި ކިޔަވާ ދަރިވަރުންގެ މާލީ ބޭނުންތަކަށް އިސްކަންދީ އެކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެށް ބުނެފައިވެއެވެ.

އަދި ކާޑު ލިމިޓްބޮޑުވާނީ ބީއެމްއެލްގެ ޕޯޓަލްގައި ދަރިވަރުން ރަޖިސްޓްރީވެ ލިޔެކިޔުންތައް ހުށަހެޅުމުން ކަމަށް ވެސް ބީއެލްއެލްއިން ބުނެފައި ވެއެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 1200 ޑޮލަރަށް އިތުރުކޮށްފައެވެ.

ނަމަވެސް މިއަހަރު ބޭރުގެ ފައިސާ ދަތިވެ އެ އަދަދު ވަނީ ޑެބިޓް ކާޑަކުން މުއާމަލާތް ކުރެވޭ އަދަދު 250 ޑޮލަރު އަދި ކްރެޑިޓް ކާޑަކުން މުއާމަލާތް ކުރެވޭ އަދަދު 750 ޑޮލަރަށް ދަށްކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *