Tuesday, 28 July 2026

ދައުލަތަށް މިއަހަރު 800 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިއްޖެ

ދައުލަތަށް މިއަހަރު 800 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިއްޖެ

މިއަހަރުގެ ޖެނުއަރީން ސެޕްޓެމްބަރަށް ދައުލަތަށް 801.2 މިލިއަން ޑޮލަރު ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.  މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.6 ޕަސެންޓް އިތުރު އަދަދެކެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް އަންނަނީ ޓެކުހުންނެވެ. މިގޮތުން ޓެކުހުގެ ގޮތުގައި 625.7 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ޓެކުހުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓީޖީއެސްޓީއެވެ.

ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. މިގޮތުން 175 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މީގެ ތެރޭގައި ބިމުގެ އެކުއިޒިޝަން ފީ، ރިސޯޓު ބިންތަކުގެ ލީސް މުއްދަތު އިތުރުކުރުމުގެ ފީ، ރިސޯޓު ބިންތަކުގެ ކުލި އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ހިމެނެއެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިއީ ޤައުމުގެ އިޤްތިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *