Tuesday, 28 July 2026

އެމެރިކާއިން އިސްރާއީލަށާއި މެދުއިރުމަތީގެ ހަނގުރާމަތަކަށް 20 ބިލިއަން ޑޮލަރަށްވުރެ ގިނަ އެހީ ދީފި: ރިޕޯޓު

އެމެރިކާއިން ޣައްޒާއަށް އިސްރާއީލުން ކުރާ ހަނގުރާމައަށާއި ޔަމަނުގައި ހޫތީންނާ ދެކޮޅަށް ކުރާ އޮޕަރޭޝަންތަކަށް 22.76 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާކަމަށް ބްރައުން ޔުނިވަރސިޓީގެ ވޯޓްސަން އިންސްޓިޓިއުޓުން ނެރުނު ރިޕޯޓަކުން ދައްކައިފިއެވެ.

ރިޕޯޓުގައިވާ ގޮތުން، ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލަށް ދީފައިވާ 17.9 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީއަކީ މިހާތަނަށް އެއް އަހަރެއްގައި ދީފައިވާ އެންމެ ބޮޑު އަދަދެވެ.

ރިޕޯޓުގައިވާ ގޮތުން، އިސްރާއީލަށް ދޭ އެހީގެ ތެރޭގައި ހިމެނެނީ އަސްކަރީ ފައިނޭންސިންގ، ހަތިޔާރު ވިއްކުން އަދި އެމެރިކާގެ ހަތިޔާރުގެ ސްޓޮކްޕައިލްތަކުން ކުރާ ބަދަލުތަކެވެ. މި ރިޕޯޓަކީ އިންސްޓިޓިއުޓުގެ "ހަނގުރާމައިގެ އަގު" މަޝްރޫޢުގެ ބައެކެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރުގެ ބޮޑު ބައެއް ހިމެނެނީ ހަނގުރާމައިގެ ހަތިޔާރު، އޭގެ ތެރޭގައި ބޮޑުބަޑިން އުކާ ޝެލްތަކާއި 2،2،000 ޕައުންޑު (907 ކިލޯގްރާމް) ގެ ބޮންތތައް ހިމެނެއެވެ.

އެމެރިކާއިން ޔުކްރެއިނަށް ދޭ އަސްކަރީ އެހީގެ ތަފްސީލުތައް އާންމުކޮށް ޝާއިޢުކުރާ ޚިލާފަށް، އިސސްރާއީލަށް ފޮނުވާ ބައެއް އަސްކަރީ ޝިޕްމަންޓްތަޓްތަކުގެ ތަފްސީލުތައް ހޯދަން އުނދަގޫކަމަށް ބްރައުންގެ ތަޙުޤީޤުވެރިން ބުނެފައިވެއެވެ. އެހެންކަމުން 17.9 ބިލިއަން ޑޮލަރުގެ އަދަދަކީ ފުރިހަމަ އަދަދެއް ނޫނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިދާރާއިން "ބިއުރޮކްރެޓިކް މެނޫވަރިންގ މެދުވެރިކޮށް އެހީގެ ފުރިހަމަ އަދަދުތަކާއި ސިސްޓަމްތަކުގެ ބާވަތްތައް ފޮރުވުމަށް މަސައްކަތްކުރާ" ކަމަށް ތަޙުޤީޤުވެރިން ބުނެފައިވެއެވެ.

މެދުއިރުމަތީގައި އެމެރިކާގެ އެންމެ ވަރުގަދަ އެކުވެރިޔާ ކަމުގައިވާ އިސްރާއީލަކީ ތާރީޚުގައި އެމެރިކާގެ އަސްކަރީ އެހީ އެންމެ ގިނައިން ލިބިފައިވާ ޤައުމެވެ. 1959 އިން ފެށިގެން އިންފްލޭޝަން އެޖަސްޓް ކުރެވިފައިވާ ޑޮލަރުން 251.2 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް، 2023 އޮކްޓޯބަރ 7 އިން ފެށިގެން ހޭދަކޮށްފައިވާ 17.9 ބިލިއަން ޑޮލަރަކީ، އިންފްލޭޝަން އެޖަސްޓް ކުރެވިފައިވާ ޑޮލަރުން ބަލާއިރު، އެއް އަހަރެއްގެ ތެރޭގައި އިސްރާއީލަށް ފޮނުވާފައިވާ އެންމެ ގިނަ އަސްކަރީ އެހީއެވެ.

އިސްރާއީލަށް ދިން އެހީގެ އިތުރުން، އެމެރިކާއިން ޔަމަނާއި މެދުއިރުމަތީގެ އެހެން ސަރަޙައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް 4.86 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން ޖެނުއަރީ މަހުން ފެށިގެން ޔަމަނުގައި ހޫތީންގެ މަރުކަޒުތަކަށް ދަނީ ވައިގެ ހަމަލާތައް ދެމުންނެވެ. މި ހަމަލާތައް ފެށީ ހޫތީން އެ ޤައުމުގެ ވަށށައިގެންވާ ކަނޑުތަކުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދޭން ފެށުމާ ގުޅިގެންނެވެ. ހޫތީން ބުނާ ގޮތުގައި އެމީހުން ހަމަލާ ދެނީ އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށެވެ. އަދި މިއީ ޣައްޒާގެ ފަލަސްޠީނުންނަށް އެހީތެރިވުމުގެ ގޮތުން ކަމަށް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *