Wednesday, 29 July 2026

އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތަށް، މިއަދު ތައާރަފްކޮށްފި އެވެ.

ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައިވަނީ މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހުގައެވެ.

ރުޕޭ ކާޑު ތައާރަފްކޮށް އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގަ އެވެ.

ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ. މިހާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިންވަނީ ރުޕޭ ކާޑަކީ ވެސް ބަލައިގަންނަ ކާޑެއްގެ ގޮތުގައި ހަދައިފައެވެ.

ރައީސް މުއިއްޒު އާއި މޯދީ ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ދެ ގައުމުގެ ވެރިން ދެއްކެވި ވާހަކަފުޅުގެ ތެރެއިން މޯދީވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ވެސް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ކަމަށް ޓަކައި މިހާރު ވަނީ އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *