މިއަދު ކޮލްކަތާގެ ސުޕްރީމް ކޯޓުން ކޮލްކަތާ އާރް.ޖީ. ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ޓްރެއިނީ ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި ހިމެނޭ ޕޯސްޓް މޯޓަމް ލިޔުން ގެއްލިފައިވާ މައްސަލައިގެ އަޑުއެހުން ބާއްވަން ނިންމައިފިއެވެ.
މިކަން ތާވަލްކޮށްފައިވަނީ ވެސްޓް ބެންގާލްގައި އިހުތިޖާޖުތައް ހުއްޓުމެއް ނެތި ކުރިއަށްދާ ވަގުތެއްގައެވެ.
މި އަޑުއެހުމުގެ މުހިންމުކަން ބޮޑުވަނީ، ސްޓޭޓުން ކޯޓަށް ޑޮކްޓަރުންނަށް ފޯރުކޮށްދީފައިވާ ސެކިއުރިޓީ ފެސިލިޓީތަކާއި، ޕޯސްޓްމޯޓަމްއާ ގުޅުންހުރި ގެއްލިފައިވާ ލިޔުމުގެ ތަފްސީލުތަކާއި، އާރް.ޖީ. ކާރު ހޮސްޕިޓަލް ބަލަހައްޓާ ސީ.އައި.އެސް.އެފް މުވައްޒަފުންގެ އިންތިޒާމުތަކާ ބެހޭ މަޢުލޫމާތު ދޭންޖެހޭތީއެވެ.
ސީ.ބީ.އައި ތަމްސީލުކުރާ ވަކީލުން ބުނާގޮތުގައި، އެޖެންސީއިން މިހާތަނަށް ކުރެވިފައިވާ ތަޙްޤީޤުގެ މަޢުލޫމާތު ސުޕްރީމް ކޯޓަށް ދޭނެއެވެ. އަދި ރޭޕް-މަރުގެ މައްސަލައާ ގުޅިގެން އާރް.ޖީ. ކާރުގެ ކުރީގެ ޕްރިންސިޕަލް ޑރ. ސަންދީޕް ގޯޝްއާއި ސީނިއަރ ފުލުސް އޮފިސަރެއް ހައްޔަރުކުރިކަން ތިން ފަނޑިޔާރުންގެ ބެންންޗަށް އަންގާނެއެވެ.
ސީ.ބީ.އައި އިން ތުހުމަތުކުރަނީ އެމީހުން ކުށުގެ ވެށި ހަލާކުކުރުމާއި، ހެކި ނައްތާލުމާއި، ރަސްމީ ގަވާއިދުތަކާ ޚިލާފުވުމާއި، ތަޙްޤީޤުކުރާ ފަރާތްތަކަށް އޮޅުވާލުމުގައި ބައިވެރިވެފައިވާ ކަމަށެވެ. ހޮސްޕިޓަލުގެ މާލީ އޮޅުވާލުންތަކާ ގުޅިގެން ސީ.ބީ.އައި އިން ވަނީ ގޯޝް ހައްޔަރުކޮށްފައެވެ.
ގެއްލިފައިވާ ޕޯސްޓްމޯޓަމް ލިޔުމާއި ގުޅޭގޮތުން ވެސްޓް ބެންގާލުން ސާފުކޮށްދޭންޖެހޭނީ (ޗަލާން) ހަށިގަނޑާއެކު އޮޓޮޕްސީއަށް ފޮނުވި ތަކެއްޗާއި މެޓީރިއަލްތަކުގެ އެންޓްރީތައް ހިމެނޭ މުހިންމު ލިޔުމެއް، އޮޓޮޕްސީ ހެދި ޑޮކްޓަރަށް ދެވިފައިވޭތޯއެވެ.
ފާއިތުވި އަޑުއެހުމުގައި، މި މުހިންމު ލިޔުން ގެއްލިފައިވާކަން ފާހަގަކުރުމަށްފަހު ސުޕްރީމް ކޯޓުން ބެންގާލް ސަރުކާރާމެދު ހަރުކަށި ގޮތަކަށް ވާހަކަދައްކާފައެވެ.


