Tuesday, 28 July 2026
NUSEIRAT, GAZA STRIP - JULY 20: Smoke rises after Israeli warplanes launch airstrikes in the central Gaza Strip on July 20, 2024. Israeli warplanes launched an airstrike on the Nuseirat area in the central Gaza Strip. ( Ali Jadallah - Anadolu Agency )

ޣައްޒާގެ މެދުތެރޭގައި ހުރި ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 10 އާންމު ރައްޔިތުން ޝަހީދުވެއްޖެ

ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި އޮންނަ ނުސައިރާތު ކޭމްޕުގައި ހުރި ގެއަކަށް އޮކިއުޕޭޝަން ބާރުތަކުން ހަމަލާދިނުމުން10 އާންމު ރައްޔިތުން ޝަހީދުވެ އިތުރު ބަޔަކަށް ޒަހަމްވެއްޖެއެވެ.

މަޞްދަރުތަކުން ބުނާ ގޮތުގައި އޮކިއުޕޭޝަން ބާރުތަކުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ނުސައިރާތު ކޭމްޕުގައި ހުރި އަލް-ޤައްސާސް އާއިލާގެ ގެއަކަށް ދިން މި ހަމަލާގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް 10 ޝަހީދުވެ މަރުވެ 15 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ.

އޮކިއުޕޭޝަން ބާރުތަކުން 7 އޮކްޓޯބަރ 2023 އިން ފެށިގެން ޣައްޒާ ސްޓްރިޕްއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 41،206 ރައްޔިތުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި 95،337 މީހުންނަށް އަނިޔާވެފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *