ލަންޑަން – އިސްރާއީލަށް ހަތިޔާރު ވިއްކުން ވަގުތުން ހުއްޓާލުމަށާއި ހަތިޔާރުގެ ވިޔަފާރި ޤާނޫނާއި އެއް ގޮތަށް ދެފުށް ފެންނަގޮތަށް ކުރުމަށް ގޮވާލާ ފަލަސްތީނުގެ ސަޕޯޓަރުން އިނގިރޭސި ޚާރިޖީ އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ވޯކާސް ފޯ ފްރީ ފަލަސްތީން" ގެ ގޮތުގައި ސިފަކުރަމުން ދިޔަ މުޒާހަރާގެ ބައިވެރިން ވަނީ ޙާރިޖީ އޮފީހަށް ދިއުމުގެ ކުރިން ބަކިންހަމް ޕެލަސް ކުރިމަތީގައި ހުންނަ މޯލްގައި ހުންނަ ތޯމަސް ކުކްގެ ބުދުގެ ކައިރިއަށް އެއްވެފަ އެވެ.
އެ ސަރަހައްދުގައި ފުލުހުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރި ނަމަވެސް، މުޒާހަރާގެ ބައިވެރިން ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް އަލަށް އިންތިޚާބުވި އިނގިރޭސި ސަރުކާރަށް ގޮވާލާފައެވެ.
އަދި މުޒާހަރާގެ ބައިވެރިން ސީދާ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީއާ މުހާތަބުކޮށް، ޣައްޒާގައި ހިނގަމުންދާ ޖަރީމާތަކުގެ ތެރޭގައި އިސްރާއީލުގެ ބާރުގެ ދަށަށް ހަތިޔާރު އެކްސްޕޯޓް ކުރުން ހުއްޓާލުމަށް ގޮވާލިއެވެ.


