އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ) އިން އިސްރާއީލުގެ ބަންޑާރަ ނައިބު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ނެރެފައިވާ ހައްޔަރު އަމުރު ބާތިލުކުރުމަށް އިސްރާއީލުން ހުށަހެޅި ހުށަހެޅުން ބާތިލުކޮށްފިއެވެ.
މިއަހަރުގެ މޭ މަހު ވެސް، އައި.ސީ.ސީއަށް ހުށަހަޅާފައިވާ ހައްޔަރުގެ އަމުރު އަނބުރާ ގެންދިއުމަށް އިސްރާއީލުން އެދުނެވެ. ނަމަވެސް ޖުލައި 16 ގައި ކޯޓުން ނިންމީ، އިޚްތިޞާޞްގެ މައްސަލަ ނުނިމެނީސް ހައްޔަރު އަމުރު ބާތިލުކުރެވޭނެ "ޤާނޫނީ އަސާސެއް" ނެތް ކަމަށެވެ.
އިސްރާއީލަކީ އައި.ސީ.ސީގެ މެންބަރު ޤައުމެއް ނޫނެވެ. ނަމަވެސް ފަލަސްތީނަށް 2015 ގައި މެންބަރުކަން ލިބިފައިވާތީ، އޮކިއުޕައިޑް ޕެލެސްޓައިން ސަރަހައްދުގައި (ގާޒާ، ވެސްޓް ބޭންކް އަދި އީސްޓް ޖެރޫސަލަމް) އިސްރާއީލީ ފަރުދުން ކުރާ ކުށްތައް ތަޙުޤީޤުކުރުމުގެ ބާރު އައި.ސީ.ސީއަށް ލިބިގެންވެއެވެ.
ނެތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް ހައްޔަރު އަމުރު ނެރެފައިވަނީ 2023 ގެ އޮކްޓޯބަރުން ފެށިގެން ގާޒާގައި ހިންގި ހަނގުރާމަވެރި ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ދަޢުވާގެ ދަށުންނެވެ. މިއީ އައި.ސީ.ސީގެ 22 އަހަރުގެ ތާރީޚުގައި ގައުމެއްގެ އިސް އޮފިޝަލުންގެ މައްޗަށް ހައްޔަރު އަމުރު ނެރުނު ފުރަތަމަ ފަހަރެވެ.
އައި.ސީ.ސީގެ މެންބަރު 124 ޤައުމުން، ނެތަންޔާހޫ އާއި ގަލަންޓް ހައްޔަރުކޮށް ކޯޓާ ހަވާލުކުރުމަކީ ޤާނޫނީ ޒިންމާއެކެވެ. ނަމަވެސް ކޯޓަށް ތަންފީޒީ ބާރެއް ނެތުމާއެކު، އެ ދެ ފަރާތް ހާޒިރުނުވެ ޝަރީޢަތް ކުރިއަށް ނުގެންދެވޭނެއެވެ.


