Tuesday, 28 July 2026
ފޮޓޯ: މިފްކޯ

މަސްވެރިކަން ދަށްވެ، ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ

ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ އެވެ.

މިފްކޯއިން ބުނީ މިފްކޯ މަސް ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެގެން ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މިފްކޯގެ މަސްފިހާރަތަކުން ކަނޑު މަހުގެ ބާވަތްތައް މިދުވަސްވަރު ހުސްވެފައިވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދުވެސް މިދުވަސްވަރު ދަށްވުމުން ކަމަށެވެ.

މިދުވަސްވަރު މިފްކޯއަށް މަސް ކިރާ މިންވަރު ދަށްވެފައިވީ ނަމަވެސް، ދަޅުމަސް ވިއްކުމުގައި އެއްވެސް ލިމިޓެއް ނުގެންގުޅޭ ކަމަށް އެކުންފުނިން ހާމަކުރެއެވެ.  ނަމަވެސް ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަ މަސް ލިބިގެން ކަމަށް މިފްކޯ އިން ބުންޏެވެ.

"މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް މިވަގުތު ނުވަތަ މި ދުވަސްވަރު މަދުވުން ނުވަތަ ހުސްވެފައި ވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދު ވެސް މި ދުވަސްވަރު ދަށްވުމުގެ ސަބަބުން،" މިފްކޯ އިން ބުންޏެވެ.

ރާއްޖެއަށް މަސްވެރިކަން ރަނގަޅުވުމާއެކު ފިހާރަތަކުން ކުރިން ލިބެމުން އައި ބާވަތްތައް ލިބެން ހުންނާނެ ކަމަށް މިފްކޯއިން ބުނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *