Tuesday, 28 July 2026

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާންގެ ރައީސް އަވަހާރަވެއްޖެ!

އީރާންގެ ރައީސް އަވަހާރަވެއްޖެ

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އިރާނުގެ ރައީސް އިބްރާހިމް ރައިސީ އާއި އެ ގައުމުގެ ހާރިޖީ ވަޒީރު އަވަހާރަވެއްޖެ އެވެ.

އެމަނިކުފާނު އަވަހާރަވިކަން އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ވަނީ އިއުލާންކޮށްފައެވެ.

ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ފެނިފައިވާއިރު، އޭގެން ދަތުރުކުރި އެކަކުވެސް ސަލާމަތްނުވާކަމަށްވެސް ބުނެފައި ވެއެވެ.

އިއްޔެ އަޒަރުބައިޖާންގެ ޑޭމް އެއް އިފުތިތާހު ކުރައްވަން ކުރެއްވި ދަތުރުފުޅު ނިއްމަވައި ރައީސީ އާއި އިތުރުން އެ ގައުމުގެ ހާރިޖީ ވަޒީރު ހުސެން އާމިރު ދަތުރު ކުރަށްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ފަރުބަދަމަތީ ހިސާބަކަށެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުގެ އިތުރަށް މޫސުން ގޯސްވުމުގެ ސަބަބުން، ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން އެތައް ގަޑިއިރެއް ހޭދަވި އެވެ. ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން ހެލިކޮޕްޓަރަށް މައްސަލަ ދިމާވި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ހެލިކޮޕްޓަރު ހޯދާފައިވަނީ ތުރުކީގެ ޑްރޯންއެއް ބޭނުންކޮށްގެމް ކަމަށް މައުލޫމާތު ލިބޭއިރު އެ ހެލިކޮޕްޓަރު ފެނިފައިވަނީ ހޯދަން މަސައްކަތް ފެށިތާ 15 ވަރަކަށް ގަޑިއިރު ފަހުން މިއަދުގެ ވަގުތެއްގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *