އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މޭޔަރު ކަމަށް ތިން ވަނަ ދައުރަކަށް ލޭބާރ ޕާޓީގެ ސާދިގު ޚާން އަލުން އިންތިހާބުވެވަޑައިގެން ތާރީހީ ރެކޯޑެއް ހައްދަވައިފި އެވެ.
މިއީ ލަންޑަންގެ މޭޔަރުކަމަށް އެއް ކެންޑިޑޭޓަކު ތިން ވަނަ ދައުރެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
އިއްޔެ ކުރިއަށްދިޔަ އިންތިހާބުގައި ސާދިގު ހާން އެމަނިކުފާނާއި ވާދަކުރެއްވި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ސޫޒަން ހޯލްސް ބަލި ކުރެއްވީ ފަސޭހަ ކަމާއެކު 276,000 އެއްހާ ވޯޓުގެ ބޮޑު ތަފާތަކާއެކު އެވެ.
ޕާކިސްތާނު ދަރިކޮޅަށް ނިސްބަތްވާ ސާދިގު އެއްމެ ފުރަތަމަ ލަންޑަންގެ މޭޔަރު ކަމުގެ އިންތިހާބު 2016 ވަނަ އަހަރު ކާމިޔާބު ކުރައްވާ ފުރަތަމަ ލަންޑަންގެ މޭޔަރުކަށް ކުރައްވާ މުސްލިމް ބޭފުޅާގެ ޝަރަފްވަނީ ހާސިލް ކުރައްވާފަ އެވެ.
ތިންވަނަ ފަހަރަށް އިންތިހާބުވެވަޑައިގެން ސާދިގު ވަނީ މިހާރު އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ލަންޑަންގެ މޭޔަރުގެ ލަގަބު ހޯއްދަވާފައެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އަތްޕުޅުގައި އެވެ.
ލަންޑަންގެ މޭޔަރުގެ \ގޮނޑި އާއެކު، މި ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންޒެވޭޓިވް ޕާޓީ އާއި ބޮޑުވަޒީރު ރިޝީ ސުނަކްއަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައި އެވެ.


