Tuesday, 28 July 2026

"ސީ ޓު އެއާ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ފަށަނީ

"ސީ ޓު އެއާ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ފެށުމަށް އެމްޕީއެލް އިން ޓާކިޝް އެއާލައިނާއި މޯލްޑިވްސް ސްޓޭޓް ޝިޕިންއާ އެކު ރޭ ސޮއިކޮށްފި އެވެ.

އެމްްޕީއެލްއިން ވިދާޅުވީ ޓާކިޝް އެއާލައިނާ އެކު ސޮއިކުރީ ކާގޯ ޕާޓްނަރެއްގެ ގޮތުގައި ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި ޓާރކިޝް އެއާލައިންގެ ފަރާތުން ސޮއި ކުރެއްވީ އެ އެއާލައިން ރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް އެކްސްޕެޑައިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ތޯރިގު އެވެ.

ކެރިއާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޓް ޝިޕިން ކުންފުންޏާ އެކު ސޮއި ކުރެއްވި އެއްބަސްވުމުގައި ސްޓޭޓް ޝިޕިންއިން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުންޏާ އެކު އެއްބަސްވުން ހެދީ "ސީ ޓު އެއާ" ހިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން އެއްބާރުލުންދީ، ގުޅިގެން މަސައްކަތް ކުރުމަށްކަމަށެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އެ ހިދުމަތާ އެކު ރާއްޖޭގެ އިގްތިސޯދަށް ފައިދާކުރާނެ ކަމަށެވެ.

އެމްޕީއެލްގެ އާމްދަނީ އިތުރުވެ، ހިދުމަތް ފުޅާވުމުގެ އިތުރުން މިއީ ދިވެހިރާއްޖޭގެ އިގްތިސާދަށް ވެސް ކުރިއެރުން ލިބޭ ހިދުމަތެއް،" -ވަޖީހު-

ޓާކިޝް އެއާލައިންގެ ރީޖަނަލް ކާގޯ މެނޭޖަރު ބިލާލް އޮކުޗް ވިދާޅުވީ އެ އެއާލައިނުގެ އަމާޒަކީ ރާއްޖެއަކީ ސީ ޓު އެއާ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *