ބޭނުންވާ ތަކެތި:
ބޯންލެސް ޗިކަން ބުރެސްޓް (ކިއުބް ކޮށް ކޮށާފައި)
1 މޭޒުމަތީ ސަމްސާ ބްރައުން ޝުގާ
2 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
½ ޖޯޑު ސޯޔާ ސޯސް
2 ލޮނުމެދު (ކޮށާފައި)
½ ޖޯޑު ލުނބޯ ހުތް
2 މޭޒުމަތީ ސަމުސާ ކްރީމީ ޕީނަޓް ބަޓާ
1 ސައިސަމުސާ ހޮޓް ސޯސް
ބާބިކިއު ސްޓިކް
ތައްޔާރު ކުރާނެގޮތް:
ތަށްޓަތަކަށް ޕީނަޓް ބަޓާ، ބުރައުން ޝުގާ، ލުނބޯ ހުތް، ސޯޔާ ސޯސް، ހަވާދު، ހޮޓް ސޯސް އަދި ލޮނުމެދު އެއްކުރުމަށްފަހު ކޮށާފައިހުރި ކުކުޅު ކޮޅާއި އެއްކޮށްލުމަށްފަހު މަދުވެގެން 2 ގަޑިއިރު މެރިނޭޓް ކުރުމަށް ފުރިޖަށް ލާށެވެ. މެރިނޭޓްކުރި ކުކުޅުތައް ބާބިކިއު ސްޓިކްއަކަށް އަމުނާލުމަށްފަހު، ތަވައަކަށް ކުޑަ ތެޔޮކޮޅެއް އަޅާ ހޫނު ކޮށްލާފައި ރޯފިލަންދެން ފިހެލާށެވެ.


