Tuesday, 28 July 2026

ރޯދަ ބަދިގެ: ޗިކަން ކެބާބް

ބޭނުންވާ ތަކެތި:

ބޯންލެސް ޗިކަން ބުރެސްޓް (ކިއުބް ކޮށް ކޮށާފައި)

1 މޭޒުމަތީ ސަމްސާ ބްރައުން ޝުގާ

2 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު

½ ޖޯޑު ސޯޔާ ސޯސް

2 ލޮނުމެދު (ކޮށާފައި)

½ ޖޯޑު ލުނބޯ ހުތް

2 މޭޒުމަތީ ސަމުސާ ކްރީމީ ޕީނަޓް ބަޓާ

1 ސައިސަމުސާ ހޮޓް ސޯސް

ބާބިކިއު ސްޓިކް

 

ތައްޔާރު ކުރާނެގޮތް:

ތަށްޓަތަކަށް ޕީނަޓް ބަޓާ، ބުރައުން ޝުގާ، ލުނބޯ ހުތް، ސޯޔާ ސޯސް، ހަވާދު، ހޮޓް ސޯސް އަދި ލޮނުމެދު އެއްކުރުމަށްފަހު ކޮށާފައިހުރި ކުކުޅު ކޮޅާއި އެއްކޮށްލުމަށްފަހު މަދުވެގެން 2 ގަޑިއިރު މެރިނޭޓް ކުރުމަށް ފުރިޖަށް ލާށެވެ. މެރިނޭޓްކުރި ކުކުޅުތައް ބާބިކިއު ސްޓިކްއަކަށް އަމުނާލުމަށްފަހު، ތަވައަކަށް ކުޑަ ތެޔޮކޮޅެއް އަޅާ ހޫނު ކޮށްލާފައި ރޯފިލަންދެން ފިހެލާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *